ތަމްރީނު
ނަންބަރު: (IUL)141-MNIS-A/1/2016/148
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:15
ސުންގަޑި: 12 ޖަނަވަރީ 2017 12:00
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ކޯހުގައި ކިޔަވާނެ ދަރިވަރުން ހޯދުމާބެހޭ

އިޢުލާން

ކޯހުގައި ކިޔަވާނެ ދަރިވަރުން ހޯދުމާ ބެހޭ

ތިރީގައި މިވަނީ މި އިންސްޓިޓިއުޓުން 2017 ގައި ހިންގުމަށް ހަމަޖެހިފައިވާ ޑިޕްލޮމާއިން ސްޕޯޓްސް މެނޭޖްމަންޓް ކޯހާބެހޭ މަޢުލޫމާތެވެ. މި ކޯހަށް ވަނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. މި ކޯހުގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖަނަވަރީ 12 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޯމު ފުރުއްވުމަށްފަހު މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ބަލައިގަތުން ހަމަޖެހިފައި ވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން 14:00 އާ ހަމައަށެވެ. ކޯހަށް ވަނުމަށް އެދޭ ފޯމު މި އިންސްޓިޓިއުޓުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3326986 މި ނަމްބަރަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 ކޯހުގެ ނަން: ޑިޕްލޮމާ އިން ސްޕޯޓްސް މެނޭޖްމަންޓް

 މުއްދަތު:    1 އަހަރުދުވަސް (2 ސެމިސްޓަރ)

 ކޯހުގެ ފީ:   ހިލޭ

 ކޯސް ހިންގާނެ ތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް / ކ.މާލެ 

 ޖާގަ: 20

 ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭލެވެލް ފުރިހަމަކޮށްފައިވުން. ނުވަތަ

ށ. ސްޕޯޓްސް މެނޭޖްމަންޓުގެ ދާއިރާއިން ލެވެލް 4 ފުރިހަމަކޮށްފައިވުން. ނުވަތަ ސްޕޯޓްސް މެނޭޖްމަންޓާގުޅޭ ދާއިރާއަކުން ލެވެލް 4 ގެ ފާހެއް ހާސިލުކޮށްފައިވުން. ނުވަތަ

ނ- އުމުރުން 20 އަހަރު ފުރިފައިވުމާއެކު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން

ރ- އުމުރުން 20 އަހަރު ފުރިފައިވުމާއި، އޯލެވެލް އިމްތިޙާން ފުރިހަމަ ކޮށްފައިވުމާއި، ކުޅިވަރާ ގުޅުންހުރި ދާއިރާއަކުން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

18 ޑިސެންބަރު 2016