ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23-MAHC/23/2016/127
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:25
ސުންގަޑި: 31 ޑިސެންބަރު 2016 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް ބޯޑް އޮފް ކޮމްޕްލިމެޓްރީ މެޑިސިންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު

އިޢުލާން

ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ޤާނޫނު ނަންބަރު 13/2015 ( ގެ 48 ވަނަ މާއްދާގެ (ށ) ގެ ދަށުން ކޮމްޕްލިމެންޓްރީ ބޭހާގުޅޭ ކަންކަން ބެލެހެއްޓުމައްޓަކައި "މޯލްޑިވްސް ބޯޑް އޮފް ކޮމްޕިލިމެންޓްރީ މެޑިސިން" ގެ ނަމުގައި މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގެ ދަށުން ބޯޑެއް އެކުލަވައިލުމަށް ހަމަޖެހިފައިވެއެވެ.

މި ކައުންސިލްގެ ނަމްބަރު (IUL)23-MAHC/23/16/116 (22 ނޮވެންބަރު 2016) އިޢުލާނަށް އެކަށީގެންވާ އަދަދަށް އެޕްލިކޭޝަން ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން މި ބޯޑުގެ މެމްބަރުންގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

ބޭނުންވާ ދާއިރާ

ދިވެހިބޭސްވެރިކަމުގެ ދާއިރާ

ޝަރުޠު

- ދިވެހި ބޭސްވެރިކަމުގެ މަސައްކަތްކުރާ މީހެއް ކަމުގައި ވުން

- މިނިސްޓްރީ އޮފް ހެލްތު ނުވަތަ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ދިވެހިބޭސްކުރުމަށް ރަޖިސްޓަރީވެފައިވުން

ބޭނުންވާ އަދަދު

3

ތަޢުލީމާއި ތަޖުރިބާ އަށް މާރކްސް ދެވޭނެގޮތް

ދިވެހިބޭސްވެރިކަމުގެ ދާއިރާއިން ހޯއްދަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކަށް 50 މާރކްސް

އެހެނިހެން ތަޢުލީމީ ސެޓުފިކެޓުތަކަށް 10 މާކްސް

ދިވެހިބޭސްވެރިކަމުގެ ތަޖުރިބާއަށް 20 މާކްސް

އިންޓަރވިއު: 20 މާކްސް

ބޭނުންވާ ދާއިރާ

ކޮންޕްލިމެންޓްރީ މެޑިސިންގގެ ދާއިރާ

ޝަރުޠު

- ކޮންޕްލިމެންޓްރީ މެޑިސިންގެ ދާއިރާގައި މަސައްކަތްކުރާ މީހެއް ކަމުގައި ވުން

- މިނިސްޓްރީ އޮފް ހެލްތު ނުވަތަ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ކޮންޕްލިމެންޓްރީ މެޑިސިން ޕްރޮފެޝަނަލެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވުން

ބޭނުންވާ އަދަދު

2

ތަޢުލީމާއި ތަޖުރިބާއަށް މާކްސް ދެވޭނެ ގޮތް

ކޮމްޕްލިމެންޓްރީ މެޑިސިންގެ ދާއިރާއިން ހޯއްދަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކަށް 50 މާކްސް

އެހެނިހެން ތަޢުލީމީ ސެޓުފިކެޓުތަކަށް 10 މާކްސް

ކޮމްޕްލިމެންޓްރީ މެޑިސިންގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށް 20 މާކްސް

އިންޓަރވިއު: 20 މާކްސް

ބޯޑު މެމްބަރުންގެ މައިގަނޑު މައްސޫލިއްޔަތުތައް

(1) ކަނޑައެޅިގެން އެނގެން އޮތް އުޒުރެއް މެދުވެރިވެގެން މެނުވީ ބޯޑުގެ ބައްދަލުވުންތަކަށް ހާޒިރުވުން.

(2) ބޯޑުގެ ރައީސް ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.

(3) ބޯޑަށް ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމާއި، ޒިޔާރަތްކުރަންޖެހޭ ތަންތަނަށް ޒިޔާރަތްކުރުމާއި ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކުރުމާއި، ދިރާސާކުރަންޖެހޭ ލިޔުންތައް ދިރާސާކުރުމާއި ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން.

(4) މުޖުތަމަޢުގެ ތެރޭގައި އުޅުމުގައި ބޯޑުގެ މެންބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ އަޚުލާޤީ، ސުލޫކީ މިންގަނޑުތަކާއި އަބުރުވެރިކަން ހިފެހެއްޓުން.

މަޤާމަށް ކުރިމަތިލާ މެންބަރުންގެ ޝަރުޠުތައް

  • ދިވެހި ރައްޔިތެއްކަމުގައި ވުން.
  • ބޯޑުގެ މެންބަރު ކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭ ފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތާއި މަސައްކަތުގެ އަޚުލާޤު ހުރި މީހަކު ކަމުގައިވުން.
  • އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
  • ޖިނާއި ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
  • އެ ފަންނުގެ މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑެއް ކަނޑައެޅިފައިވާނަމަ އެ މިންގަނޑަކާ ޚިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި އެ މީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތްދެވޭ ތަނުގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެމްބަރެއް ކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތްދޭ ތަނެއްގެ ހިއްސާ އެ މީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން ޢައްޔަންކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ހިއްސާ ހިމެނޭ ކުންފުންޏެއްގެ ނަމުގައި އޮތް މީހަކު ކަމުގައި ނުވުން.
  • ޤާނޫނެއްގައި ކަނޑައެޅިފައިވާ އިންތިޚާބަކުން މަޤާމަކަށް ހޮވިފައިވާ މީހެއް ކަމުގައި ނުވުން.
  • ސިޔާސީ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީ
  2. ތަޢުލީމީ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތައް)
  3. މެންބަރުކަމަށް އެދޭ ފަރާތައް ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިއުންތައް
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީއެއް 
  5. ވަނަވަރު

ސުންގަޑި

2016 ޑިސެންބަރު 26 ވާ ހޯމަދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ކައުންޓަރަށް)

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014468 އަދި 3014480 އެވެ.

18 ޑިސެންބަރު 2016