ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)ގެ އެހީގައި މި މިނިސްޓްރީން ހިންގަމުންދާ ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑައިވަރސިފިކޭޝަން ޕްރޮގްރާމާއި، މެރިކަލްޗަރ ޑިވެލޮޕްމަންޓް އެންޓަރޕްރައިސަސް ޕްރޮޖެކްޓްއަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ.
މަޤާމު: |
ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން އެސިސްޓަންޓް - ސަޕޯޓް ސްޓާފް |
1 (އެކެއް) |
ބޭނުންވާ އަދަދު: |
ސެކްޝަން: |
ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އައި.ޔޫ) |
||
މަސައްކަތް ކުރަންޖެހޭ ތަން: |
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އައި.ޔޫ، ހ. ވައިޓް ވޭވްސް) |
||
ވަޒީފާގެ މުއްދަތު: |
1 އަހަރުދުވަސް |
||
މުސާރަ: |
މުސާރަ: މަހަކު -/15000 ރުފިޔާއާއި -/18000 ރުފިޔާއާ ދެމެދު (ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖްރިބާއަށް ބަލާފައި) |
||
ޝަރުޠު: |
1- ޕްރޮޖެކްޓް މެނޭޖްމަންޓް، ބިޒްނަސް ނުވަތަ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓްއިން ދަށްވެގެން ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ ކުރަންޖެހޭ މަސައްކަތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4، ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން 2- ޕްރޮޖެކްޓް މެޏޭޖްމަންޓް ދާއިރާއިން މަދުވެގެން 2 ނުވަތަ 3 އަހަރުދުވަހުގެގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 3- އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރުމާއެކު ރިޕޯޓު ތައްޔާރުކުރުމުގެ ޤާބިލުކަން ހުރި ފަރާތެއްކަމުގައިވުން. 4- މެރިކަލްޗަރ، އެކުއަރކަލްޗަރ، ދަނޑުވެރިކަމުގެ ދާއިރާ ނުވަތަ މަސްވެރިކަމުގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެވެ. 5- މި މަޤާމަށް މުވައްޒަފުން ހޮވުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާ ނުވަތަ ކޯޕަރޭޓިވްސްއާއެކު މަސައްކަތް ކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ. |
||
ވަޒީފާގައި ކުރަން ޖެހޭ މަސައްކަތް: |
މި މަޤާމުގައި ކުރަންޖެހޭ މަސައްކަތުގެ ތަފްސީލް "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" ގައި ހިމެނިފައިވާނެއެވެ.
|
||
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި |
1- ވަޒީފާ އަށް އެދި ހުށަހަޅާ ސިޓީ 2- ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު 3- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) 4- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން 5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ |
މަތީގައި ދެންނެވިފައިވާ މަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޑިސެންބަރު 27 ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން ސިޓީ ފޮނުއްވުން އެދެމެވެ. ވަޒީފާ އަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރާނީ؛
މާލެއިން ނަމަ:
ޕްރޮޖެކްޓް ޑިރެކްޓަރ
ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް
ހ.ވައިޓް ވޭވްސް، މޫންލައިޓް ހިނގުން
މި ވަޒީފާތަކަށް އެދޭ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު އަށް ގެނެވޭނީ ޝޯޓްލިސްޓްވާ ފަރާތްތައް އެކަންޏެވެ.