ދިވެހިރާއްޖެ
އިޢުލާން
"ގްރާންޑެއްޒާ" ކިޔާ ސަފާރީ ބޯޓް ވިއްކާލުން:
ނީލަން ކިޔޭ ބޭނުން: ސިވިލް ކޯޓުުގެ ނަންބަރު 1000/Cv-C/2013 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން
ބާވަތް: ސަފާރީ ބޯޓް
ނަން: ގްރާންޑެއްޒާ
ރަޖިސްޓަރީ ނަންބަރު: C1320B-02{10-T} (28 އެޕްރީލް 2009)
މުދަލުގެ ތަފުސީލް: ދިގުމިން: 37 މީޓަރ، ފުޅާމިން: 8.300 މީޓަރ ފުންމިން: 3.00 މީޓަރ
ގްރޮސް ޓަނޭޖް: 192
ވެރިފަރާތް: އޯޝަން އެޑްވެންޗަރސް ޕްރައިވެޓް ލިމިޓެޑް (C-87/2001)
ނޯޓް: މި ސަފާރީ ބޯޓް ވިއްކާލުމަށް ހަމަޖެހިފައިވަނީ ބޯޓުގައިވާ އިންޖީނާއެކުގައެވެ. ބޯޓުގައިވާ އިންޖީނުގެ ތަފުސީލު ތިރީގައި ބަޔާންކުރެވިފައި މި ވަނީއެވެ. މި ބޯޓު ރަޖިސްޓަރީކުރެވިފައިވަނީ 28 އެޕްރީލް 2009 ގައެވެ.
އިންޖީނުގެ ތަފުސީލު:
ބާވަތް: ޑީސަލް
މޮޑެލް ނަންބަރު:2x MAN D22866 LXE 40;440HP
ނީލަމުގެ ތަފުސީލު:
ނީލަން ފެށޭ އަގު: ނީލަން ފެށޭނީ US$1,100,000.00 (އެއް މިލިއަން އެއް ލައްކަ އެމެރިކާ ޑޮލަރު)
ސިޓީލުމުގެ ސުންގަޑި: 2 ޖަނަވަރީ 2017 އިން ފެށިގެން 8 ޖަނަވަރީ 2017 ގެ 14:30 ގެ ކުރިން
ސަފާރީ ބޯޓް ބެލުމުގެ އިިންތިޒާމު ހަމަޖެހިފައިވާ ތާރީޚުތައް: 23 ޑިސެންބަރު 2016 އިން 28 ޑިސެންބަރު 2016 ގެ 14:00 – 17:00 އާ ދެމެދު ސަފާރީ ބޯޓް ބެލުމުގެ އިންތިޒާމް ހަމަޖެހިފައިވެއެވެ.
ބޯޓް އޮތްތަން: ހުޅުމާލެ ފަޅު
ކޮންމެ ދުވަހެއްގެ އެންމެ މަތީއަގު ސިވިލް ކޯޓުގެ ވެބްސައިޓް (http://www.civilcourt.gov.mv) ގައި އިޢުލާންކުރެވިފައި ހުންނާނެއެވެ. ނީލަން ނިންމާލެވޭނީ 8 ޖަނަވަރީ 2017 ގެ 14:30 އާ ހަމަޔަށް ހުށަހަޅާ އެންމެ މަތީ އަގަކަށެވެ.
ނީލަން ނިންމުން:
ނީލަން ނިމުމުން އެންމެމަތީ އަގު ހުށަހަޅާފައިވާ ފަރާތަކަށް ސިވިލް ކޯޓުން އެކަން އަންގާނެއެވެ. އެފަރާތަކަށް ނީލަން ނިމުނުކަން ކޯޓުން އަންގާ ތަރީޚުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) އެފަރާތަކުން ހުށަހެޅި ޖުމުލަ އަގަށްވާ ފައިސާ ސިވިލް ކޯޓަށް ދައްކަންވާނެއެވެ. ނުދައްކައިފިނަމަ، އެ ހުށަހެޅުން ބާޠިލުކުރުމަށް ނުވަތަ ދެވަނައަށް އެންމެމަތީ އަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން އަލުން ފެށުމާމެދުގައި ގޮތެއް ކަނޑައަޅާނީ ސިވިލް ކޯޓުންނެވެ.
ނީލަން ނިންމުނުކަމަށް ސިވިލް ކޯޓުން ކަނޑައަޅާ ވަކިފަރާތަކަށް ނާންގާހައި ހިނދެއްގައި، ނީލަން ބާޠިލުކުރުމުގެ އިޚުތިޔާރު ސިވިލް ކޯޓަށް ލިބިގެންވެއެވެ.
އަގު ހުށަހެޅުން:
ހުށަހެޅަން ޖެހޭގޮތް: ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ސިޓީއުރައެއްގައި ބަންދުކުރުމަށްފަހު، ހެނދުނު 08:00 އާއި 14:30 އާ ދެމެދު ޖަސްޓިސް ބިލްޑިންގގެ ގުރައުންޑް ފްލޯގައި ހުންނަ ކައުންޓަރަށް ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި "ގްރާންޑެއްޒާ ސަފާރީ ބޯޓް ގަތުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.
- އަމިއްލަ ފަރުދެއްނަމަ: ގުޅޭނެ ފޯނު ނަންބަރާއެކު އަގު (އެމެރިކާ ޑޮލަރުން) ސާފުކޮށް ބަޔާންކޮށްފައިވާ ސިޓީއެއް.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ބިދޭސީއެއްނަމަ ޕާސްޕޯޓުގެ ކޮޕީ).
ކުންފުންޏެއްނަމަ:
- މި ނީލަމާ ގުޅިގެން ސިވިލް ކޯޓާ މުޢާމަލާތްކުރާނެ ފަރާތަކާ ގުޅޭނެ ފޯނު ނަންބަރާއެކު އަގު (އެމެރިކާ ޑޮލަރުން) ސާފުކޮށް ބަޔާންކޮށްފައިވާ ސިޓީއެއް.
- ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ
- މި ނީލަމާއި ގުޅިގެން ސިވިލް ކޯޓާ މުޢާމަލާތްކުރާނެ ފަރާތެއް ޢައްޔަންކޮށްފައިވާ ކުންފުނީގެ ޤަރާރު
- ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގެ ކޮޕީ
މީގެ އިތުރުން ނީލަމަށް ހުށަހަޅާ އަގު ދެއްކުމުގެ މާލީ ޤާބިލުކަން ހުށަހަޅާ ފަރާތުގެ ކިބައިގައި ހުރިކަން ސާބިތުކުރުމަށްޓަކައި އެންމެފަހުގެ ބޭންކް އެކައުންޓް ސްޓޭޓްމަންޓް (ފާއިތުވި 06 މަސްދުވަހުގެ) ހުށަހަޅަންވާނެއެވެ. މިގޮތަށް ހުށަހަޅާ އެކައުންޓް ސްޓޭޓްމަންޓް އަޕްޑޭޓްކުރެވިފައި އޮންނަންވާނީ އެންމެ ލަސްވެގެން އަގު ހުށަހަޅާ ތާރީޚުގެ 7 (ހަތެއް) ދުވަސްކުރިއަށެވެ. މިގޮތަށް ހުށަހަޅާ އެކައުންޓް ސްޓޭޓްމަންޓް ވާންވާނީ ސީދާ އެފަރާތެއްގެ އެކައުންޓު އޮތް ބޭންކުން ދޫކޮށްފައިވާ އޮރިޖިނަލް ލިޔުމަކަށެވެ. މި ބިޑާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކޮށްފައިނުވާނަމަ، ބިޑް ބާޠިލުކުރުމުގެ ޙައްޤު ސިވިލް ކޯޓަށް ލިބިގެންވާކަމުގައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:
ސިވިލް ކޯޓު، ޖަސްޓިސް ބިލްޑިންގ ގެ ގްރައުންޑް ފްލޯގެ ކައުންޓަރު ނަންބަރު: 3006412 / 3006428 ފޯނަށް ގުޅުން އެދެމެވެ.
އީމެއިލް: [email protected]
ނޯޓް: މަތީގައި ބަޔާންކުރެވިފައިވާ ސަފާރީ ބޯޓާއި އިންޖީނު ވިއްކާލުމަށް މީގެކުރިން އެއްވެސް އިޢުލާނެއް ކުރެވިފައިނުވާ ވާހަކަ ދެންނެވީމެވެ.