މަސައްކަތް
ނަންބަރު: (IUL)10-F/10/2016/141
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:40
ސުންގަޑި: 28 ޑިސެންބަރު 2016 14:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ސިޓީ ޕާކުގައި ހުރި ޢިމާރާތް މަރާމާތުކޮށް ހިޔާކުރުން

އިޢުލާން

ސިޓީ ޕާރގެ އިރުއުތުރު ކަނުގައި ހަދާފައިވާ ޢިމާރާތް ހިޔާކޮށް މަރާމާތްކޮށް ދޭނެ ފަރާތެއް ހޯދަން  ބޭނުންވެގެން މި މިނިސްޓްރީން ކުރި ނަންބަރު: (IUL) 10-F/1/2016/105 (01 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން ދެވިފައިވާ މަޢުލޫމާތުތަކަށް ބަދަލު އައިސްފައިވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 26 ވާ ހޯމަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 28 ވާ  ބުދަދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

20 ރަބީޢުލްއައްވަލް 1438

18 ޑިސެންބަރު 2016