ކުއްޔަށް ހިފުން
ނަންބަރު: GS116(IUL) /2016/039
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 16:44
ސުންގަޑި: 20 ޑިސެންބަރު 2016 13:30
ހިދާޔާ ސުކޫލް/ ނ. މިލަދޫ
ދިވެހިރާއްޖެ
ގުދަނެއް ކުއްޔަށްހިފުމަށް

އިޢުލާން

ގުދަނެއް ކުއްޔަށްހިފަން ބޭނުންވެއްޖެ:

މި ސްކޫލްގެ ތަކެތި ރައްކާކުރުމަށް 1 އަހަރުދުވަހުގެ މުއްދަތަށް ގުދަނެއް ކުއްޔަށް ހިފަން ބޭނުންވެގެން ކުރެވުނު މި ސްކޫލުގެ ނަންބަރު GS116(IUL)/2016/037 (22 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން އެކަމަށް އެދި އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ފޮނުވަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުން

2016 ޑިސެންބަރު 20 ވާ އަންގާރަދުވަހުގެ 13:30ގައި.

އަންދާސީހިސާބު ހުށަހެޅުން

2016 ޖަނަވަރީ 2 ވާ ހޯމަދުވަހުގެ 13:30 ގައި.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

16 ރަބީޢުލްއައްވަލް 1438

15 ޑިސެންބަރު 2016