މަސައްކަތް
ނަންބަރު: GS110/IUL/2016/31
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 16:39
ސުންގަޑި: 21 ޑިސެންބަރު 2016 11:00
ގޮއިދޫ ސްކޫލް/ ށ.ގޮއިދޫ
ދިވެހިރާއްޖެ
ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޕުރީސްކޫލު ކުލާސްރޫމުގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް، ތިރީގައި މި ދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  • ޕުރީސްކޫލް ކުލާސްރޫމުގައި ކުލަލުން.
  • ޕުރީސްކޫލް ދަރިވަރުން ކުޅޭ ސަރަޙައްދު ހިޔާކުރުމުގެ މަސައްކަތް ކުރުން.
  • ޕުރީސްކޫލް ދަރިވަރުންގެ ފާޚާނާ މަރާމާތުުތައް ކުރުން.
  • ޕުރީސްކޫލް ކުލާސްރޫމުގެ ދޮރާއި ދޮރުފަތްތައް ބަދަލުކުރުން.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 21 ވާ ބުދަދުވަހުގެ 11:00 އަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޑިސެންބަރު 28 ވާ ބުދަދުވަހުގެ 11:00 އަށް އަންދާސީހިސާބު / ޕްރޮޕޯޒަލް ހިފައިގެން ސްކޫލަށް ހާޒިރުވުމަށް ދަންނަވަމެވެ.

މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީހިސާބު ޤަބޫލުނުކުރެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކޮށްދިނުމަށް ކަނޑައެޅިފައިވާ ގަޑި ފިޔަވައި އިތުރު ވަގުތުތަކުގައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދެންނެވީމެވެ. ނަމަވެސް، މަޢުލޫމާތު ސާފުކުރި ފަރާތްތަކުން އަންދާސީހިސާބު ތައްޔާރުކުރުމަށް އިތުރު މަޢުލޫމާތު ބޭނުންނަމަ، 6540582 ނަންބަރާ ގުޅުމުން އެ މަޢުލޫމާތު ދެވޭނެއެވެ.

14 ޑިސެންބަރު 2016