ކުއްޔަށް ހިފުން
ނަންބަރު: ADMHR-MPL/2016/154
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 16:15
ސުންގަޑި: 03 ޖަނަވަރީ 2017 14:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ހދ.ކުޅުދުއްފުށިން ޢިމާރާތެއް ކުއްޔަށް ހިފުމާބެހޭ

އިޢުލާން

ޢިމާރާތެއް ކުއްޔަށް ހިފުމާބެހޭ

މި ކުންފުންޏަށް ހދ.ކުޅުދުއްފުށިން އޮފީސް ޢިމާރާތަކަށް ބޭނުންކުރެވޭގޮތަށް ހަދާފައިވާ ތަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ، މިފަދަ ތަނެއް ކުއްޔަށް ދޫކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2017 ޖަނަވަރީ 3 ވާ އަންގާރަދުވަހުގެ 14:00 ގެކުރިން ތިރީގައި ދެވިފައިވާ މަޢުލޫމާތުގެ މައްޗަށް މި ކުންފުނީގެ ހދ.ކުޅުދުއްފުށީ ޕޯސްޓް އޮފީސް ނުވަތަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި 2017 ޖަނަވަރީ 03 ވަނަ ދުވަހުގެ 14:00ގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބައިވެރިނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

ޢިމާރާތް ހޯދަން ބޭނުންވާ ރަށް:

  • ހދ.ކުޅުދުއްފުށި

ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތާބެހޭ ތަފުސީލު

  • ޢިމާރާތުގެ ބޮޑުމިން ބަޔާން ކުރުން
  • ޢިމާރާތަކީ އޮފީސް ހިންގުމަށް ބޭނުން ކުރެވޭ ފަދަ އިމާރާތަކަށްވުން
  • ޢިމާރާތުގެ ރަޖިސްޓަރީގެ ކޮޕީ ހުށަހެޅުން
  • ޢިމާރާތް ހުރި ސަރަހައްދު ބަޔާންކުރުން
  • ޢިމާރާތުގެ ކުލި ބަޔާންކުރުން
  • ސަރުކާރުގެ ޢިމާރާތެއްނަމަ އެފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • ޢިމާރާތް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތު.

ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތުގައި ހުންނަޖެހޭ ކަންތައްތައް

  • ޢިމާރާތުގެ ކަރަންޓާއި ފެން ވަކިކޮށްފައި ހުރުން
  • ޢިމާރާތުގައި ވަކިން ފޯނުލައިން އަޅާފައި ހުރުން
  • ޢިމާރާތުގައި ވަކިން ފާޚާނާ ހުރުން
  • ޢިމާރާތަކީ ސެކިއުރިޓީ ވަރުގަދަކޮށް ހަދާފައި ހުރި ޢިމާރާތަކަށްވުން
  • ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ބޭނުންކުރާ ގޮތަށް ހޯދާ ޢިމާރާތަކަށް ވާތީ، ޢިމާރާތުގެ ޚިދުމަތް ދޭ އޭރިޔާ، މަގުމަތީގައި ހުންނައިރު އެތެރެ ފެންނަގޮތަށް ބިއްލޫރި ޖަހާފައިވާ ތަނަކަށްވުން.
  • ރަށުގެ ރަނގަޅު ހިސާބެއްކަމުގައިވުން (މައި މަގަށް ވާގޮތަށް ހުންނަ ތަނެއްކަމުގައިވުން).

ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތުތައް:

  • ބިޑް ހުށަހަޅުއްވާއިރު ބިމާއި، ޢިމާރާތުގެ ވެރިފަރާތް ނުވަތަ ހުށަހަޅާ ތަނަކާ އެފަރާތަކާ ހުރި ގުޅުން އެނގޭނެ ލިޔުމަކާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކޮޕީއާއެކު ހުށަހެޅުން

މި ބިޑާ ގުޅިގެން ޕޮއިންޓް ދެވޭނެގޮތް ތިރީގައި މިވަނީއެވެ.

  • އަގު: %50
  • ކުއްޔަށްދޭ މުއްދަތު: %20
  • ސެކިއުރިޓީ ގޮތުން ވަރުގަދަ ޢިމާރާތެއްނަމަ: %30

19 ރަބީޢުލްއައްވަލް 1438

18 ޑިސެންބަރު 2016