މަސައްކަތް
ނަންބަރު: WAMCO-LOG/IUL/2016/99
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:12
ސުންގަޑި: 25 ޑިސެންބަރު 2016 11:00
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑަށް ރާއްޖެއިންބޭރުން ގެންނަ މުދާ ކަސްޓަމްސްއިން ކުލިއަރކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްއަށް ރާއްޖެއިންބޭރުން ގެންނަ މުދާ ކަސްޓަމްސްއިން ކުލިއަރކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

2016 ޑިސެންބަރު 04 ވަނަ ދުވަހު ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑަށް ރާއްޖެއިން ބޭރުން ގެންނަ މުދާ ކުލިއަރކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން (ނަންބަރު: WAMCO-LOG/IUL/2016/93) އާ ގުޅިގެން، 2016 ޑިސެންބަރު 12 ވީ ހޯމަދުވަހުގެ 10:00 ގައި މި ކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބޭއްވުނު ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވެފައި ވަނީ ދެ ފަރާތުންކަމަށް ވާތީ މި އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމަވެ.

މަޢުލޫމާތު ސާފުކުރުން

25 ޑިސެންބަރު 2016 (އާދީއްތަ)

11:00(ހެނދުނު)

ބީލަން ހުށަހެޅުން

2 ޖަނަވަރީ 2017 (ހޯމަ)

11:00 (ހެނދުނު)

 

 

ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. 2017 ޖަނަވަރީ 2 ވާ ހޯމަދުވަހުގެ ހެނދުނު 11.00 ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. އަދި ބީލަން އޮންނަން ވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ.

ބީލަން ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ ތިރީގައިވާ ނަންބަރަށް ގުޅުއްވުން ނުވަތަ ތިރީގައި މިވާ އީމެއިލް އެޑްރެހަށް އީމެއިލް ކުރެއްވުން އެދެމެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މއ. ޖަންބުގަސްދޮށުގެ،  ތިންވަނަ ފަންގިފިލާ ، މަޖީދީމަގު

ޕޯސްޓަލް ކޯޑް:20161

މާލެ، ދިވެހިރާއްޖެ.

ފޯން ނަންބަރު: 3000581  

އީމެއިލް: [email protected]

13 ރަބިޢުލްއައްވަލް 1438

14 ޑިސެންބަރު 2016