މަސައްކަތް
ނަންބަރު: (IUL)GS63-AD/GS63/2016/40
ޕަބްލިޝްކުރި ތާރީޚް: 13 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:05
ސުންގަޑި: 25 ޑިސެންބަރު 2016 09:30
ވޭމަންޑޫ ސްކޫލް/ ތ.ވޭމަންޑޫ
ދިވެހިރާއްޖެ
ވޭމަންޑޫ ސްކޫލްގެ ފާޚާނާ ހެދުމުގެ މަސައްކަތް ކޮށްދިނުމަށް އެދި

އިޢުލާން

ވޭމަންޑޫ ސްކޫލްގެ ފާޚާނާ ގޮޅިތަކެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ވޭމަންޑޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ވޭމަންޑޫ ސްކޫލްގެ ފާޚާނާ ހެދުމުގެ މަސައްކަތް ކޮށްދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 ޑިސެންބަރު 25 ވަނަ ދުވަހު 9:30

2016 ޑިސެންބަރު 29 ވަނަ ދުވަހުގެ 9:30

 

 

ކުންފުނި، އިންވެސްޓްމެންޓް، ވިޔަފާރިއެއް ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެބޭފުޅަކު ތަމްސީލުކުރައްވަނީ ކޮން ކުންފުންޏެއް، އިންވެސްޓްމަންޓެއް، ވިޔަފާރިއެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަމިއްލަ ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުއްވުމަށް ހާޒިރުވެލައްވާއިރު އެ ފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. އަމިއްލަ ފަރާތަކުން އެ ބޭފުޅެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް، އެހެން ބޭފުޅަކު ހާޒިރުވެލައްވާނަމަ، ހާޒިރުވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑު ގެންނަވަންވާނެއެވެ. އަދި އެ ބޭފުޅަކު ތަމްސީލުކުރައްވާ ފަރާތުން އެ ފަރާތުގެ ބަދަލުގައި ތަމްސީލުކުރައްވާނީ ކޮން ބޭފުޅެއްކަން އަންގައިދޭ ސިޓީއާއެކު، އެ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ.  

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކޮށްދިނުމުގެ ބައްދަލުވުމުގައާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވެނުލައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން، ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780564 ނަންބަރު ފޯނާއެވެ.

13 ޑިސެންބަރު 2016