ކުއްޔަށް ދިނުން
ނަންބަރު: 60-ADM/2016/283
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:45
ސުންގަޑި: 22 ޑިސެންބަރު 2016 16:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ކެފޭއެއް/ރެސްޓޯރެންޓެއް ތަރައްޤީކުރުމަށް އެސް.ޓީ.އޯ ޓްރޭޑް ސެންޓަރުގެ ގްރައުންޑު ފްލޯ ކުއްޔަށްދޫކުރުން

އިޢުލާން

ކެފޭއެއް/ރެސްޓޯރެންޓެއް ތަރައްޤީ ކުރުމަށް އެސް.ޓީ.އޯ ޓްރޭޑް ސެންޓަރުގެ ގްރައުންޑު ފްލޯ ކުއްޔަށް ދޫކުރުން

ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ތަން: އެސް.ޓީ.އޯ ޓްރޭޑް ސެންޓަރުގެ ގްރައުންޑް ފްލޯ

ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ މުއްދަތު: 5 އަހަރު ދުވަހުގެ މުއްދަތަށް

ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީކުރަން ބޭނުންވާ ފަރާތްތަކުން 2016 ޑިސެންބަރު 22 ވަނަ ދުވަހުގެ 1600 ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ހާޒިރުވެ ރަޖިސްޓަރީކުރަންވާނެއެވެ.

މަޢުލޫމާތު ދިނުން: ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް 2016 ޑިސެންބަރު 25 ވަނަ ދުވަހުގެ 1500 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އޮންނާނެއެވެ.

ސުވާލު ހުށަހެޅުން: މިކަމާ ގުޅޭގޮތުން ހުށަހަޅަން ބޭނުންވާ ސުވާލުތައް 2016 ޑިސެންބަރު 26 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ.

ބީލަން ހުށަހެޅުން: ބީލަންކަރުދާސް ހުށަހެޅުމުގެ ސުންގަޑިއަކީ 2017 ޖަނަވަރީ 05 ވަނަ ދުވަހުގެ 15:00 އެވެ. ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަން ކަރުދާސްތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަދި ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2017 ޖަނަވަރީ 05 ވަނަ ދުވަހު 15:00 ގައި އެސް.ޓީ.އޯގެ ހެޑް އޮފީހުގައެވެ.

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ގުޅުއްވާނީ:

ފޯނު:    3344196، 3344321

ފެކްސް:  3344633

އީމެއިލް:  [email protected]

15 ރަބީޢުލްއައްވަލް 1438     

14 ޑިސެންބަރު 2016