ދިވެހިރާއްޖެ
އިޢުލާން
ކެފޭއެއް/ރެސްޓޯރެންޓެއް ތަރައްޤީކުރުމަށް އެސް.ޓީ.އޯ ޢުމަރު ޝޮޕިންގ އާކޭޑުގެ ޓެރަސް ކުއްޔަށް ދޫކުރުން
ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ތަން: އެސް.ޓީ.އޯ ޢުމަރު ޝޮޕިންގ އާކޭޑުގެ ޓެރަސް
ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ މުއްދަތު: 5 އަހަރު ދުވަހުގެ މުއްދަތަށް
ޕްރީ ކޮލިފިކޭޝަން: 2 ޤައުމަށް ވުރެ ގިނަ ޤައުމުގައި ކެފޭ/ރެސްޓޯރެންޓް ފްރެންޗައިސްއެއް ހިންގަންމުންދާ ފަރާތަކަށްވުން
ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންވާ ފަރާތްތަކުން 2016 ޑިސެންބަރު 22 ވަނަ ދުވަހުގެ 1600 ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ހާޒިރުވެ ރަޖިސްޓަރީކުރަން ވާނެއެވެ.
މަޢުލޫމާތު ދިނުން: ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް 2016 ޑިސެންބަރު 25 ވަނަ ދުވަހުގެ 1600 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އޮންނާނެއެވެ.
ސުވާލު ހުށަހެޅުން: މިކަމާ ގުޅޭގޮތުން ހުށަހަޅަން ބޭނުންވާ ސުވާލުތައް 2016 ޑިސެންބަރު 26 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ.
ބީލަން ހުށަހެޅުން: ބީލަންކަރުދާސް ހުށަހެޅުމުގެ ސުންގަޑިއަކީ 2017 ޖަނަވަރީ 05 ވަނަ ދުވަހުގެ 16:00 އެވެ. ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަން ކަރުދާސްތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަދި ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2017 ޖަނަވަރީ 05 ވަނަ ދުވަހު 16:00 ގައި އެސް.ޓީ.އޯގެ ހެޑް އޮފީހުގައެވެ.
މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ގުޅުއްވާނީ:
ފޯނު: 3344196، 3344321
ފެކްސް: 3344633
އީމެއިލް: [email protected]
15 ރަބީޢުލްއައްވަލް 1438