ތަމްރީނު
ނަންބަރު: 142-A1/1/2016/171
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:35
ސުންގަޑި: 31 ޖަނަވަރީ 2017 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މިސްރުގައި އިމާމުން ތަމްރީނުކުރުން

އިމާމުން ތަމްރީނުކުރާ ކޯސް: ޤާހިރާ – މިޞްރު ، 2017

ކޯހުގެ މުއްދަތު: 2 މަސްދުވަސް

ކިޔަވާ ތަން: ޤާހިރާ - މިޞްރު

ތަޢާރަފް

އިމާމުންނާއި ޚަޠީބުންނަށް އިތުރު ކުރިއެރުމާއި، ތަމްރީނުތައް ފޯރުކޮށްދިނުނުމުގެ މަގުސަދުގައި މި މިނިސްޓްރީއާއި، މިޞްރު ސަރުކާރާ ގުޅިގެން އިމާމުންނާއި ޚަޠީބުން ތަމްރީނު ކުރުމުގެ ކޯހެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖޭގައި ޚިދުމަތުގައި ތިއްބެވި ދާއިމީ އިމާމުންނާއި ޚަޠީބުކަން ކުރައްވަމުންގެންދަވާ ފަރާތްތަކަށްވަނީ ހުޅުވާލެވިފައެވެ.

މި ކޯހަށް ހޮވޭ ފަރާތްތަކަށް، ދެކޮޅު ޓިކެޓާއި ޕޮކެޓްމަނީއަށް 150 ޑޮލަރު ލިބޭނެއެވެ. އަދި މިޞްރުގައި ހުންނަ މުއްދަތުގައި ހުރުމާއި ކެއުން އެފަރާތުން ހަމަޖައްސަވައި ދެއްވާގޮތަށް ވަނީހަމަޖެހިފައެވެ.

ކޯހުގެ ޝަރުުޠު

ހ. ޢަރަބި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން އަދި

ށ. އެމް.ކިއު.އޭ ގަބޫލުކުރާ ލެވަލް 5ގެ ސެޓުފިކެޓެއް ގުޅޭ ދާއިރާއަކުން ހާސިލުކޮށްފައިވުން.

އިތުރު މައުލޫމާތު

ހ. މިފަދަ ކޯހެއް ފުރިހަމަ ކުރުމުގެ ޞިއްޙަތެއް ހުރި ފަރާތެއްކަމުގައިވުން.

ށ. ޚިދުމަތުގައި ތިއްބެވި ދާއިމީ އިމާމުންނާއި ޚަޠީބުކަން ކުރައްވަމުންގެންދަވާ ފަރާތެއް ކަމުގައިވުން.

ނ. މި މިނިސްޓްރީގެ ނުވަތަ ސަރުކާރު ޚަރަދުގައި ހިންގާ ކޯހެއްގައި ކިޔަވަމުންދާ ފަރާތެއްކަމުގައި ނުވުން.

ރ- އަރަބި ބަސް އެނގޭ މިންވަރު

ބ- ޤުރުއާން ނުވަތަ ދީނީ ތައުލީމުގެ ދާއިރާއިން އެޑްވާންސް ޑިޕްލޮމާ ، ބެޗްލާސް ޑިގްރީ ނުވަތަ މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  މައުލޫމާތު ސާފުކުރެއްވުމަށް: 3020214 ނުވަތަ 3020266 ނަންބަރަށް ގުޅުއްވުން އެދެން.

ސުންގަޑި

2017 ޖަނަވަރީ 31  ވާ އަންގާރަ ދުވަހު 14:00 ގެ ކުރިން މިކޯހަށް އެދި ހުށަހަޅާ ފޯމް ހުށަހެޅުއްވުން އެދެމެވެ. މިފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެންހުންނާނެއެވެ.

14 ޑިސެންބަރު 2016