ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)101-AF/1/2016/222
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި: 27 ޑިސެންބަރު 2016 10:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އީ.އައި.އެފް ޕްރޮޖެކްޓް– އޮފީސް އިކިއުޕްމަންޓް ގަތުމަށް ބޭނުންވެއްޖެ

އިޢުލާން

އީ.އައި.އެފް ޕްރޮޖެކްޓް– އޮފީސް އިކިއުޕްމަންޓް ގަތުމަށް

މި މިނިސްޓްރީން ހިންގަމުންދާ އީއައިއެފް ޓިއަރ 1 އަދި 2 ގެ ޕްރޮޖެކްޓުގެ ދަށުން ގަންނަން ބޭނުންވާ އޮފީސް އިކްއިޕްމަންޓްސް ހޯދުމަށް އާންމުކޮށް އިޢުލާނު ކުރަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް، 2016 ޑިސެންބަރު 22 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނުމަގުގައި ހުންނަ ޢިމާރާތް (ކޯސްޓް ގާޑް ބިލްޑިންގއާ ޖެހިގެން އިރަށް ހުންނަ އިމާރާތް) ގައި ބާއްވާ މަޢުލޫމާތު ޝެޝަނަށް ވަޑައިގެން ދެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވެވޭނީ މަޢުލޫމާތު ސެޝަނުގައި ބައިވެރިވާ ފަރާތްތަކަށެވެ.

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 2016 ޑިސެންބަރު 27 ވާ އަންގާރާ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނުމަގުގައި ހުންނަ ޢިމާރާތް (ކޯސްޓް ގާޑް ބިލްޑިންގއާ ޖެހިގެން އިރަށް ހުންނަ އިމާރާތް) ގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3333119 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ބީލަން ހުށަހަޅާނެ ގޮތުގެ މަޢުލޫމާތު ޝީޓް، ބިޑް ސަބްމިޝަން ފޯމު، ޕްރައިސް ޝެޑިއުލް ފޯމު މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ.

16 ރަބީޢުލްއައްވަލް 1438

15 ޑިސެންބަރު 2016