މަސައްކަތް
ނަންބަރު: (IUL)438-GGRS/438/2016/283
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 25 ޑިސެންބަރު 2016 10:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
'މޯލްޑިވްސް ސެކަންޑް ނޭޝަނަލް ކޮމިއުނިކޭޝަން ރިޕޯޓް' ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

'މޯލްޑިވްސް ސެކަންޑް ނޭޝަނަލް ކޮމިއުނިކޭޝަން ރިޕޯޓް' ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ތައްޔާރު ކޮށްފައިވާ 'މޯލްޑިވްސް ސެކަންޑް ނޭޝަނަލް ކޮމިއުނިކޭޝަން ރިޕޯޓް' ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމަށް 2016 ޑިސެންބަރު 04 ކުރެވުނު އިޢުލާން ނަންބަރު IUL)438-GGRS/438/2016/276) އާ ގުޅިގެން އެކަށީގެންވާ ވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން "ސެކަންޑް ނެޝަނަލް ކޮމިއުނިކޭޝަން" ރިޕޯޓު ޗާޕުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ފޮތް ޕްރިންކުރެވެންވީ ގޮތާ ބެހޭ އިތުރު މަޢުލޫމާތު ހިމެނޭ 'ޓާރމްސް އޮފް ރިފަރެންސް' މިނިސްޓްރީގެ ވެބްސައިޓުން (www.environment.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 ހުށަހަޅަންވީ ތަކެތި:

  •  މަސައްކަތުގެ އަގު:
  • ޓެކްނިކަލް ސްޕެސިފިކޭޝަން: މިނިސްޓްރީން ބޭނުންވާ ސްޕެސިފިކޭޝަންއަށް ނުފެތޭކަމުގައިވާނަމަ ހުށަހަޅުއްވާ ސްޕެސިފިކޭޝަންގެ ތަފުސީލު
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަސް ކަމުގައިވުން
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މި މަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
  • މިފަދަ މަސައްކަތެއް ކުރިން ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން

ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ޑިސެންބަރު 25 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީއުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2016 ޑިސެންބަރު 25 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ހުށަހެޅުއްވުން އެދެމެވެ.

" 'މޯލްޑިވްސް ސެކަންޑް ނޭޝަނަލް ކޮމިއުނިކޭޝަން ރިޕޯޓް' ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމަށް "

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018300 960+ ، ފެކްސް: 3018301 960+

އީމެއިލް : [email protected]

ވެބްސައިޓް: www.environment.gov.mv

14 ޑިސެންބަރު 2016