މަސައްކަތް
ނަންބަރު: 200-VTR/IU/2016/10
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 26 ޑިސެންބަރު 2016 11:00
ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
އެއަރކޮންޑިޝަންތައް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އެއަރކޮންޑިޝަންތައް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުއްވެއްޖެ

މި ޓްރައިބިއުނަލްގެ އެއަރކޮންޑިޝަންތައް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު:200-VTR/IU/2016/09 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެކަށީގެންވާ ވަރަށް ހާޒިރުވެފައިނުވާތީ އަލުން އެކަމަށް ހުޅުވާލަމެވެ.

ވީމާ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2016 ޑިސެންބަރު 26 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ޓްރައިބިއުނަލް (ގ.ފަތުރުވެހި، މަޓީ ބިލްޑިންގގެ 03 ވަނަ ފަންގިފިލާ، ބުރުޒުމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޑިސެންބަރު 29 ވާ ބުރާސްފަތި ދުވަހު 11:00 (ގ.ފަތުރުވެހި، މަޓީ ބިލްޑިންގގެ 03 ވަނަ ފަންގިފިލާ، ބުރުޒުމަގު) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތުދެވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މި ޓްރައިބިއުނަލްގެ ނަންބަރު 3027816 ފޯނަށް ގުޅުއްވުން އެދެމެވެ.

15 ރަބީޢުލްއައްވަލް 1438

14 ޑިސެންބަރު 2016