މަސައްކަތް
ނަންބަރު: (IUL)28-FA-1/1/2016/96
ޕަބްލިޝްކުރި ތާރީޚް: 13 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 12:52
ސުންގަޑި: 19 ޑިސެންބަރު 2016 10:00
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފްއަށް ބޭނުންވާ ޔުނީފޯމު ފެހުން

އިޢުލާން

އެމް.އެން.ޑީ.އެފްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ޔުނީފޯމު ފަހާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްކޮށްދޭން އެދޭ ފަރާތްތަކުން 2016 ޑިސެންބަރު 19 ވަނަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވުމަށްފަހު 2016 ޑިސެންބަރު 22 ވަނަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުންއެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

މިކަމަށް މީގެކުރިން ކުރި މިމިނިސްޓްރީގެ ނަންބަރު (IUL)28-FA-1/1/2016/95 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅަފައިނުވާތީ، އެ އިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

14 ރަބީޢުލްއައްވަލް 1438

13 ޑިސެންބަރު 2016