މަސައްކަތް
ނަންބަރު: (IUL)218/1/2016/11
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:23
ސުންގަޑި: 21 ޑިސެންބަރު 2016 13:30
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި މަތީތައުލީމުދޭ މަރުކަޒުތައް އޮޑިޓްކުރުމާއި ޕްރޮގްރާމް އެކްރެޑިޓްކުރުމުގެ މަސައްކަތްކުރާނެ ފަރާތްތައް ހޯދަން ބޭނުންވެއްޖެ

އިޢުލާން

ދިވެހިރާއްޖޭގައި މަތީތައުލީމުދޭ މަރުކަޒުތައް އޮޑިޓްކުރުމާއި ޕްރޮގްރާމް އެކްރެޑިޓްކުރުމުގެ މަސައްކަތްކުރާނެ ފަރާތްތައް ހޯދަން ބޭނުންވެއްޖެ

ދިވެހިރާއްޖޭގައި މަތީތަޢުލީމުދޭ މަރުކަޒުތަކުގެ އެކަޑަމިކް އޮޑިޓްކޮށް އޮޑިޓް ރިޕޯޓް ތައްޔާރުކުރުމަށާއި، ޕްރޮގްރާމް އެކްރެޑިޓްކުރުމުގެ މަސައްކަތްކުރުމަށް އެކުލަވައިލާ ޕެނެލްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި މަސައްކަތްކުރުމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ވެބްސައިޓް www.mqa.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ، ޝަރުޠު ހަމަވާ ފަރާތްތަކުން 2016 ޑިސެންބަރު 21 ވާ ބުދަދުވަހުގެ 13:30ގެ ކުރިން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ / ހ.ވެލާނާގޭ (2 ވަނަ ފަންގިފިލާ) ރިސެޕްޝަނަށް، ވަނަވަރު (ސީވީ) އާއެކު ސިޓީ ހުށަހެޅުން އެދެމެވެ. މިކަމަށް އެދޭ ފަރާތްތަކަށް މި އޮތޯރިޓީގެ ފަރާތުން އިތުރު ތަމްރީނު ދެވޭނެއެވެ. އަދި ކަނޑައެޅޭ އުސޫލެއްގެ ދަށުން އުޖޫރަ ދެވޭނެއެވެ.   

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރު 3341287/ 3341281 / 3344077  ފޯނަށް ގުޅުން އެދެމެވެ. 

16 ރަބީޢުލްއައްވަލް 1438

15 ޑިސެންބަރު 2016