ކުއްޔަށް ދިނުން
ނަންބަރު: (IUL)424-CO/424/2016/73
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:16
ސުންގަޑި: 19 ޑިސެންބަރު 2016 13:00
ފުވައްމުލަކު މާދަޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށް ދޫކުރުމަށް

އިޢުލާން

މާދަޑިގެ ކިޔާ ގޯއްޗާ އިންވެގެން އޮތް ބިން ކުއްޔަށް ދޫކުރުމާބެހޭ:

ފުވައްމުލަކު މާދަޑު، މާދަޑިގެ ކިޔާ ގޯއްޗާ އިންވެގެން (ފްރީގޭޓް ކުރިމަތި) އޮތް ބިން ތަރައްޤީކޮށް، ވިޔަފާރި އުސޫލުން ހިންގުމަށްޓަކައި އެ ބިން ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

ވީމާ، ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 19 ވާ ހޯމަދުވަހުގެ 13:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި، ޕްރޮޕޯޒަލް ބަލައިގަތުން އޮންނާނީ، ދެންނެވިފައިވާ ދުވަސްދުވަހުގެ އެގަޑިތަކުގައި މި އިދާރާގެ މީޓިންގރޫމުގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ތަމްސީލު ކުރެއްވޭނީ އެންމެ ފަރާތެކެވެ.

13 ރަބީޢުލްއައްވަލް 1438    

12 ޑިސެންބަރު 2016