ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)369-MS/369/2016/54
ޕަބްލިޝްކުރި ތާރީޚް: 13 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:09
ސުންގަޑި: 21 ޑިސެންބަރު 2016 13:00
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންޕިއުޓަރ ގަތުމަށް

އިޢުލާން

މ.މަޑުއްވަރީ ކައުންސިލް އިދާރާއަށް 5 ކޮންޕިއުޓަރ ގަތުމަށް ބޭނުންވެއްޖެ.                            

މ.މަޑުއްވަރީ ކައުންސިލް އިދާރާގެ ނަންބަރު (IUL)369-AS/369/2016/53 (1 ޑިސެންބަރު 2016) އިޢުލާނުގައި ހިމަނަންޖެހޭ ބައެއް މަޢްލޫމާތު ހިމެނިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލަށް ޢިމާރާތް ކުރަމުންދާ ކައުންސިލް އިދާރާގެ އައު ޢިމާރާތުގައި ބޭނުންކުރަން 5 (ފަހެއް) ކޮންޕިއުޓަރ ސިސްޓަމް ގަތުމަށް ބޭނުންވާތީ، މި ތަކެތި ގަނެ މި އިދާރާއަށް ގެނަސް ހިލޭ އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. އަދި މި ކޮންޕިއުޓަރތައް އިންސްޓޯލްކޮށް ނިންމައި ބިލް ހުށަހެޅުމުން ވަގުތުން ފައިސާ ދެވޭނެއެވެ.

ވީމާ، މި ކޮންޕިއުޓަރތައް ގެނަސްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޑިސެންބަރު 21 ވާ ބުދަދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެންނާއި، ފޯނުން ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ފޯނުން މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކުން އެ ދުވަހުގެ 10:00 އިން 12:45 އަށް މި އިދާރާއަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ވަޑައިގަންނަވާއިރު ގެންނަންޖެހޭ ތަކެތި މި އިދާރާގެ މެއިލަށް މެއިލް ކުރެއްވުން އެދެމެވެ. މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކުންނާއި، ފޯނުން ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރައްވާފައިވާ ފަރާތްތަކުން 2016 ޑިސެންބަރު 28 ވާ ހޯމަދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ބައްދަލުވުމުގައި ބައިވެރިވެވޭނީ ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ނަމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދެންނެވީމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި، ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއާއި، އެބޭފުޅަކު ތަމްސީލުކުރައްވާ ކުންފުންޏަކުން ތަމްސީލު ކުރައްވަނީ ކޮން ބޭފުޅެއްކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކުން އެތަކެތި މި އިދާރާގެ މެއިލަށް މެއިލް ކުރައްވަންވާނެއެވެ. އަދި މެއިލުން އެލިޔުންތައް ލިބުނުކަން ކަށަވަރުކުރައްވަންވާނެއެވެ. ލިޔުމުން ދެވޭ މަޢުލޫމާތު ފޯރުކޮށްދެވޭނީ ހުށަހަޅަންޖެހޭ ތަކެތި ހަމައަށް ހުށަހަޅުއްވާފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި ނަންބަރު 6720032 ފޯނާއި ނުވަތަ 7911345 މޯބައިލްފޯނާ ގުޅުއްވުން އެދެމެވެ. 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ރަބީޢުލްއައްވަލް 1438   

13 ޑިސެންބަރު 2016