މަސައްކަތް
ނަންބަރު: (MSG)426-CA/426/2016/1620
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:59
ސުންގަޑި: 17 ޑިސެންބަރު 2016 11:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ އެވޯޑު 2016

އިޢުލާން

"އައްޑޫ އެވޯޑު 2016"

"އައްޑޫ އެވޯޑު 2016" ޙަފުލާއަށް ބޭނުންކުރާ ތިރީގައި މިދަންނަވާ ތަކެތި ކަނޑައެޅޭ ތީމަކަށް ޑިޒައިންކުރާނެ ފަރާތެއް ހޯދުމަށް ޢާންމުކޮށް އިޢުލާނު ކުރީމެވެ.

  • ބެކްޓްރޮޕް
  • ޝީލްޑް
  • ބެޖް
  • ހަނދާނީ ލިޔުން
  • މެޑަލް
  • ދަޢުވަތު ކާޑު

މިފަދަ ތަކެތި މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތުގެ މައްޗަށް ޑިޒައިންކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2016 ޑިސެންބަރު 17 ވާ ހޮނިހިރުދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016، ޑިސެންބަރު 25 ވާ އާދީއްތަދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި އިދާރާގެ ކޮންފަރެންސްހޯލުގައެވެ.   

13 ރަބީޢުލްއައްވަލް 1438

12 ޑިސެންބަރު 2016