ވަޒީފާގެ ފުރުޞަތު
ނަންބަރު: 137-HR/IU/2016/180
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:31
ސުންގަޑި: 21 ޑިސެންބަރު 2016 13:30
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ފާމަސިސްޓް

މަޤާމް :ފާމަސިސްޓް
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ފާމަސިސްޓުގެ މަޤާމަށް މީހަކު ހޯދުމަށް 22 ނޮވެންބަރު 2016 ގައި މި ހޮސްޕިޓަލުން ކޮށްފައިވާ 137-HR/IU/2016/168ނަންބަރުގެ އިޢުލާނާ ގުޅިގެން އެ މަޤާމަށް ޝަރުޠު ހަމަވާ އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.

މަޤާމް:

ފާމަސިސްޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް: MS2

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2500 ރުފިޔާ

ރިސްކް އެލަވަންސް:

-/75 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. 

ޑިޕާޓްމަންޓް /ސެކްޝަން:

ނެޝަނަލް ޔޫރޯ- ރީނަލް އެންޑް ފަރޓިލިޓީ ސެންޓަރ

 

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ޑޮކްޓަރު ލިޔުއްވާފައިވާ ބޭސްސިޓީގައި އޮޅުމެއް ނެތްކަން ނުވަތަ ކުށެއް ނުވާކަން ޔަގީންކުރުމަށާއި، އެ ބޭސް ދެވިފައިވާ މީހާއަށް އެއީ އެކަށީގެންވާ ރައްކާތެރި ބޭހެއްކަން ކަށަވަރުކުރުމަށް ބޭސް ސިޓީ ޗެކުކުރުން.

2. ނެޝަނަލް ޔޫރޯ- ރީނަލް އެންޑް ފަރޓިލިޓީ ސެންޓަރުގެ ބޭސްތަކުގެ ރެކޯޑް ބެލެހެއްޓުން.

3. ބޭސްދޭނެ މިންވަރާއި (ޑޯސޭޖް) އަދި ބޭސްދޭން އެންމެ އެކަށީގެންވާގޮތުގެ (މިސާލަކަށް ގުޅަބޭސްތޯ، އިންޖެކްޝަންތޯ، އޮއިންޓްމަންޓްތޯ ނުވަތަ އިންހޭލަރތޯ) ލަފާދިނުން.

4. ޞިއްޙީ މަސައްކަތްތެރިންނާއި ބަލިމީހުންނާ ގުޅިގެން، ބޭސް ބޭނުންކުރުމުން ދިމާވެދާނެ މައްސަލަތައް ދެނެގަތުން.

5. ބޭސް ރައްކާކުރެވިފައިވަނީ ރައްކާތެރިކަމާއެކު، އެންމެ އެކަށީގެންވާ ގޮތުގައިކަން ކަށަވަރުކުރުން.

6. މުވައްޒަފުގެ ދަށުން މަސައްކަތްކުރާ ތަޖުރިބާ މަދު އަދި ކޮލިފިކޭޝަންދަށް އެހެން މުވައްޒަފުން މަސައްކަތްކުރާގޮތް ބެލުން.

7. ދާއިރާގެ ފަހުގެ ދިރާސާތަކާއި ތަޙުލީލުތަކާބެހޭ މަޢުލޫމާތު ހޯދުމާއި، މިފަދަ ދިރާސާތަކާއި ތަޙުލީލުތަކުގައި ހިއްސާވުން.

8. ހޮސްޕިޓަލުގެ ގަވާއިދުތައް ތަންފީޒުކުރުމާއި، ބޭސް ބޭނުންކުރުމާބެހޭ އިރުޝާދީ ލިޔުންތައް ލިޔުމުގައި ބައިވެރިވުން.

9. ބޭހަށްދާ ޚަރަދާބެހޭ މަޢުލޫމާތު ފޯރުކޮށްދިނުން.

10. ސްޓެރައިޒްކޮށް ހުންނަންޖެހޭ ބޭސްތަކުގެ ކޮލިޓީ ޗެކުކުރުން.

 

ތަޢުލީމާއި ތަޖުރިބާ:

1. މަސައްކަތާ ގުޅޭ ދާއިރާއަކުން (ފާމަސީ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަސައްކަތާ ގުޅޭ ދާއިރާއަކުން (ފާމަސީ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

މި މަޤާމަށް އެންމެ ޤާބިލް ފަރާތްތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ވަޒީފާއަށް އެދޭ ފޯމު ބަލައިގަތުމާއި ދޫކުރުން:

ބަންދުނޫން  ކޮންމެ  ދުވަހެއްގެ  ހެނދުނު  8.30  އިން  މެންދުރު  1.30  އަށް،  މި  ހޮސްޕިޓަލުގެ  11 ބުރީގެ އިމާރާތުގެ 11 ވަނަ ފަންގިފިލައިން.

 

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައްް:

 

 

 

1. ވަޒީފާއަށް އެދޭ ފޯމު.

2. ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. މޯލްޑިވްސް އެލައިޑް ހެލްތު ކައުސިންލުގައި ރަޖިސްޓްރީވެފައިވާ ރަޖިސްޓްރޭޝަނުގެ ކޮޕީ.

8. ޕްރެކްޓިސް ލައިސަންސްގެ ކޮޕީ.

9. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ބޭސް ދޫކުރުމަށް ރަޖިސްޓްރީވެ ހަދާފައިވާ އައިޑީކާޑުގެ ކޮޕީ.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.

ސުންގަޑި:

2016 ޑިސެންބަރު 21 ވާ ބުދަ ދުވަހުގެ 13.30 ގެ ކުރިން، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް.

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

- އިންޓަވިއު އޮންނާނީ، 2016 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައެވެ.

- މި ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަވިއުއަށް ކިޔާނީ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން، 10 ފަރާތެއް ޝޯޓް ލިސްޓްކުރުމަށްފަހުގައެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3335234 ނަންބަރު ފޯނަށް، ނުވަތަ 3335343 ނަންބަރު ފޯނަށެވެ.

8 ރަބީޢުލްއައްވަލް 1438

09 ޑިސެންބަރު 2016