މަސައްކަތް
ނަންބަރު: (IUL)231-AH/231/2016/45
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:27
ސުންގަޑި: 20 ޑިސެންބަރު 2016 12:30
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

ފާދިއްޕޮޅު އަތޮޅު ކައުންސިލުގެ އިދާރާއާއި، ފާދިއްޕޮޅު އަތޮޅުގޭގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ފާދިއްޕޮޅު އަތޮޅުކައުންސިލުގެ އިދާރާއާއި، ފާދިއްޕޮޅު އަތޮޅުގޭގެ ސެކިއުރިޓީ، 1 ޖަނަވަރީ 2017 އިން 31 ޑިސެންބަރު 2017 ގެ ނިޔަލަށް ބަލަހައްޓައިދޭން އެދިވަޑައިގަންނަވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ފާދިއްޕޮޅު އަތޮޅު ކައުންސިލުގެ އިދާރާއަށް ވަޑައިގެން ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، ބިޑް ހުށަހެޅުއްވުން އެދެމެވެ. 

ބިޑް ޑޮކިއުމަންޓްސް ވިއްކުން

2016 ޑިސެންބަރު 13 ވާ އަންގާރަދުވަހުން ފެށިގެން، 2016 ޑިސެންބަރު 20 ވާ އަންގާރަދުވަހުގެ 8:30 އިން 12:30 އަށް ފާދިއްޕޮޅު އަތޮޅު ކައުންސިލުގެ އިދާރާގައި

ޕްރީބިޑް މީޓިންގ

 2016 ޑިސެންބަރު 20 ވާ އަންގާރަދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލުގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި

ބިޑް އޯޕަން މީޓިންގ

2016 ޑިސެންބަރު 26 ވާ ހޯމަދުވަހުގެ 11:30 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލުގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި

ބިޑް ޑޮކިއުމެންޓެއްގެ އަގަކީ -/30 ރުފިޔާއެވެ.

ބިޑް ހުށަހެޅޭނީ ބިޑް ގަތް ފަރާތެއްގެ ނަމުގައެވެ. ބިޑް ބައްލަވައިނުގަންނަވާ ފަރާތްތަކުން ޕްރީބިޑް މީޓިންގގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.

12 ޑިސެންބަރު 2016