ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS-30/GS-30/2016/1002
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:57
ސުންގަޑި: 21 ޑިސެންބަރު 2016 13:00
ގދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ޕްރީސްކޫލް ޓީޗަރުން ހޯދުމަށް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ޕްރީސްކޫލް ޓީޗަރ

ބޭނުންވާ އަދަދު: 2 (ދޭއް)

މަޤާމުގެ ގިންތި: ކޮންޓްރެކްޓް (1 އަހަރުދުވަސް)

ވަޒީފާ އޮތް އޮފީސް: ގދ. އަތޮޅު މަދަރުސާ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ކިޔަވައިދިނުމާބެހޭ ބައި، ގދ. އަތޮޅު މަދަރުސާ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

އެލް. ކޭ. ޖީ. އާއި، ޔޫ. ކޭ. ޖީ. ގެ ކްލާސްތަކުގެ ދަރިވަރުންނަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކިޔަވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމުގެ ރޭންކާއި، ކްލެސިފިކޭޝަނާއި، ޝަރުޠާއި، މުސާރައާއި، ސަރވިސް އެލަވަންސް:

މަޤާމް

މަޤާމުގެ

ރޭންކް

މަޤާމުގެ

ކްލެސިފިކޭޝަން

މަޤާމުގެ

ޝަރުޠު

މުސާރަ

ސަރވިސް

އެލަވަންސް

ޕްރީ ސްކޫލް

އެސިސްޓެންޓް ޓީޗަރ

GS1

ޕްރީ ސްކޫލް

ޓީޗަރ 1

މަޤާމުގެ  މަސައްކަތްކުރުމުގެ

ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ

އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ'

ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް

ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން

ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

މަހަކު

-/3،565

ރުފިޔާ

މަހަކު

-/1،500

ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

GS2

ޕްރީ ސްކޫލް

ޓީޗަރ 2

ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން، ސެޓުފިކެޓު

ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު

-/4،000

ރުފިޔާ

މަހަކު

-/1،500

ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

GS3

ޕްރީ ސްކޫލް

ޓީޗަރ 3

ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން، ނުވަތަ އާރލީ

ޗައިލްޑްހުޑް ޑެވެލޮޕްމަންޓް އިން ސެޓުފިކެޓު

ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު

-/4،465

ރުފިޔާ

މަހަކު

-/1،500

ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

GS4

ޕްރީ ސްކޫލް

ޓީޗަރ 4

- ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން، ނުވަތަ

އާރލީ ޗައިލްޑްހުޑް ޑެވެލޮޕްމަންޓް އިން

ސެޓުފިކެޓު ލެވެލް 4 ގެ ސަނަދެއް

ހާސިލުކޮށްފައިވުން. ނުވަތަ؛

- ކިޔަވައިދިނުމުގެ  ރޮނގުން  ސެޓުފިކެޓު

ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު

-/5،020

ރުފިޔާ

މަހަކު

-/2،500

ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

MS1

ޕްރީ ސްކޫލް

ޓީޗަރ 5

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް

ޓީޗިންގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުން.

މަހަކު

-/5،610

ރުފިޔާ

މަހަކު

-/2،500

ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

MS2

ޕްރީ ސްކޫލް

ޓީޗަރ 6

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް

ޓީޗިންގެ ދާއިރާއިން ބެޗްލަރސް ޑިގްރީ

ހާސިލުކޮށްފައިވުން.

މަހަކު

-/6،295

ރުފިޔާ

މަހަކު

-/2،500

ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

MS3

ޕްރީ ސްކޫލް

ޓީޗަރ 7

- ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން ބެޗްލަރސް

ޑިގްރީއެއް އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން

އެޑްވާންސްޑް ސެޓުފިކެޓެއް ނުވަތަ ޑިޕްލޮމާ

ހާސިލުކޮށްފައިވުން. ނުވަތަ؛

- ޕްރީ ސްކޫލް ޓީޗަރ 6 ގެ މަޤާމުގެ ޝަރުޠު

ހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު

އުޅެ، ތަޖުރިބާ ލިބިފައިވުން.

މަހަކު

-/7،035

ރުފިޔާ

މަހަކު

-/2،500

ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

MS4

ޕްރީ ސްކޫލް

ޓީޗަރ 8

- ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް

ޓީޗިންގެ ދާއިރާއިން މާސްޓަރސް ޑިގްރީއެއް

ހާސިލުކޮށްފައިވުން. ނުވަތަ؛

- ޕްރީ ސްކޫލް ޓީޗަރ 7 ގެ މަޤާމުގެ ޝަރުޠު

ހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު

އުޅެ ތަޖުރިބާ ލިބިފައިވުން.

މަހަކު

-/7،875

ރުފިޔާ

މަހަކު

-/2،500

ރުފިޔާ

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ފާއިތުވި އަހަރުތަކުގައި ޕްރީސްކޫލް ޓީޗަރެއްގެގޮތުގައި އުޅެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.

- ކޮމްޕިއުޓަރަށް އަހުލުވެފައިވާ މިންވަރު.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި މި މަދަރުސާގެ އޮފީހުގައެވެ.

ށ. ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓްކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ނ. އިންޓަވިއުއަށް ހާޒިރުވާއިރު، މަޤާމަށް އެދި ހުށަހަޅާފައިވާ ސެޓުފިކެޓުތަކާއި ލިޔުންތަކުގެ އަސްލާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން، ތިރީގައިވާ ލިޔުންތައް، 2016 ޑިސެންބަރު 21 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، މި މަދަރުސާގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި މަދަރުސާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)  

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުން ދޭ ލިޔުން.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ)

ށ. ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގަމުންގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ.

ނ. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ލިޔުމުގެ އަޞްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަގޮތަށް އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް ނަގާފައިވާ ކޮޕީއެއް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

އިތުރު މަޢުލޫމާތު:

- މި މަޤާމަށް ކުރިމަތިލާ ފަރާތަކީ، އުމުރުން 55 އަހަރުވެފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.

- ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ލިޔުންތައް ބާޠިލްކުރެވޭނެއެވެ.

- ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. އަކަން ކުރާނީ، އިންޓަވިއު ޕެނަލުން އެ ލިޔުންތަކުގެ އަސްލު ބަލައި ޗެކްކުރުމަށްފަހު، އޮފީހުންނެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމަތު ސާފުކުރަން ގުޅާނީ، 7983083 ނަންބަރު ފޯނަށެވެ. އީމެއިލްކުރާނަމަ، މި މަރުކަޒުގެ އީމެއިލް [email protected] އަށް މެއިލްކުރުން އެދެމެވެ.

9 ރަބީޢުލްއައްވަލް 1438

08 ޑިސެންބަރު 2016