މަސައްކަތް
ނަންބަރު: GS37/2016/80
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:38
ސުންގަޑި: 21 ޑިސެންބަރު 2016 10:30
ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމު ހޯދައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މި މަރުކަޒުން ދޭ ނަމޫނާއާ އެއްގޮތަށް މި މަރުކަޒުގެ ދަރިވަރުން ބޭނުންކުރުމަށް އެކްޓިވިޓީ ޔުނީފޯމު ހޯދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި އިޢުލާނާ ގުޅިގެން އިތުރަށް ސާފުކުރަންޖެހޭ ކަންތައްތަކެއް ހުރުމުން އެ އިޢުލާނު ބާޠިލުކޮށް، އަލުން އެކަމަށް އިޢުލާނު ކުރަމެވެ.

ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން.

އާ އޮފީސް ޢިމާރާތުގެ މީޓިންގރޫމުގައި

މަޢުލޫމާތު ސާފުކުރުން.

2016 ޑިސެންބަރު 21 ވާ ބުދަދުވަހުގެ 10:30 ގައި

އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުން.

2016 ޑިސެންބަރު 28 ވާ ބުދަދުވަހުގެ 11:00 ގައި

މަޢުލޫމާތު ސާފުކުރަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބާއި، އަދި ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

12 ޑިސެންބަރު 2016