މަސައްކަތް
ނަންބަރު: GS135/IUL/2016/25
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:31
ސުންގަޑި: 14 ޑިސެންބަރު 2016 11:30
ބ. މާޅޮހު މަދަރުސާ
ދިވެހިރާއްޖެ
ކްލާސްރޫމުގެ ތަޅުމުގައި މުށިޖަހަން

ސްކޫލުގެ ކްލާސްރޫމްތަކުގެ ތަޅުމުގައި މުށިޖެހުން

މި ސްކޫލުގެ 7 (ހަތެއް) ކްލާސްރޫމުގެ ތަޅުމުގައި މުށިޖަހަން ބޭނުންވެގެން ކުރެވުނު ނަންބަރު GS135/IUL/2016/18 އިޢުލާނަށް ހުށަހެޅުނު އަންދާސީހިސާބުތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ހާޒިރުވެ، މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބާއެކު މި ސްކޫލަށް ހާޒިރުވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި " ކްލާސްރޫމްތަކުގެ ތަޅުމުގައި މުށިޖެހުމަށް " މިހެން ލިޔެފައި އޮންނަންވާނެއެވެ.

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން

މަޢުލޫމާތު ދިނުމުގެ ސެޝަން

2016 ޑިސެންބަރު 25 ވަނަ ދުވަހުގެ 11:30

2016 ޑިސެންބަރު 14 ވަނަ ދުވަހުގެ 11:30

މި މަސައްކަތަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށާއި އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް އަންދާސީހިސާބު ހުށަހަޅާ ފަރާތަށް ހާޒިރުވެވެން ނެތްނަމަ، ބަދަލުގައި މީހަކު ފޮނުވިދާނެއެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާއިރު، ހާޒިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ އަސްލު ގެންނަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން، ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ރަސްމީގަޑީގައި މި ސްކޫލުގެ ނަންބަރު 6600020 ފޯނަށް ގުޅުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ޑިސެންބަރު 2016