ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު
މި ސްކޫލުގެ ނަންބަރު: GS52/IUL/2016/28 (24 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅީ އެންމެ ފަރާތަކުން ކަމުގައިވާތީ، އެ އަންދާސީހިސާބު ބާޠިލުކޮށް، މި ސްކޫލުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް، މި ސްކޫލުގެ ދަރިވަރުން އުފުލާ ބަސް، އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 19 ވާ ހޯމަދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މި މަސައްކަތުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައާއި އަންދާސީހިސާބު ހުށަހެޅުމުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ، ހަމައެކަނި ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.