ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހެކެވެ. 
| 
 މަޤާމް:  | 
 ސިސްޓަމް އެޑްމިނިސްޓްރޭޓަރ  | 
|
| 
 އޮފީސް:  | 
 ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ  | 
|
| 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
 މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 3  | 
| 
 މުސާރަ:  | 
 މަހަކު -/15،000 ރުފިޔާ  | 
|
| ޢިނާޔަތްތައް: | 
 ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ  | 
|
| 
 މަސައްކަތް ކުރަންޖެހޭ ތަން:  | 
 ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، މާލެ  | 
|
| 
 ސެކްޝަން:  | 
 އައި.ޓީ  | 
|
| 
 ވަޒީފާގެ ބާވަތް:  | 
 ކޮންޓްރެކްޓް  | 
|
| 
 މަސައްކަތުގެ މުއްދަތު:  | 
 6 މަސްދުވަސް (މުވައްޒަފުގެ ޚިދުމަތް މި އެޖެންސީއިން އިތުރަށް ބޭނުންވާނަމަ، މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ.)  | 
|
| 
 މަސައްކަތުގެ ވަގުތު:  | 
 ރަސްމީ ދުވަސްތަކުގައި ހަމަޖެހިފައިވާ އުސޫލުން 5 ގަޑިއިރު  | 
|
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:  | 
 1. އެޕްލިކޭޝަންތަކަށް ބޭނުންވާ އައި.ޓީ އިންފްރާންސްޓްރަކްޗަރ ޤާއިމުކުރުމުގެ މަސައްކަތް ކުރުން. 2. އެސް.ޕީ.އައި.އެސް ސިސްޓަމް ތަރައްޤީކޮށް ބެލެހެއްޓުމުގެ ކަންތައްތައް ކުރުން. 3. ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ މަސައްކަތްތައް އެފިޝިއަންޓުކުރުމަށްޓަކައި އެސް.ޕީ.އައި.އެސް ސިސްޓަމަށް ބޭނުންވާ މޮޑިއުލްތައް ޑިޒައިންކޮށް ޑިވެލޮޕްކުރުމުގެ މަސައްކަތްތައް ކުރުން. 4. މި އެޖެންސީގެ މަސައްކަތް ހަލުވިކުރުމަށާއި، އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ ސޮވްޓްވެއަރ ދެނެގަނެ، ސޮފްޓްވެއަރ ޑިޒައިންކުރުމުގެ މަސައްކަތްކުރުން. 5. އޮފީހުގެ މަސައްކަތަކާ ގުޅިގެން ހަދަންޖެހޭ ސޮފްޓްވެއަރތަކުގެ ކޯޑުކުރުމާއި ތަރައްޤީކުރުމުގެ މަސައްކަތް ކުރުން. 6. މިހާރު މި އެޖެންސީގައި ޤާއިމްކުރެވިފައިވާ ސޮފްޓްވެއަރ އިތުރަށް ތަރައްޤީކުރުމާއި މެއިންޓެނަންސްގެ މަސައްކަތް ކުރުން. 7. ޕޯސްޓެގްރެސް ސަރވަރ، މައި.އެސްކިއުއެލް، ރެޑިސް، ކޮންސަލް ޑިޕްލޯއިމަންޓް އަދި މިނޫންވެސް މިފަދަ ޓެކްނޮލޮޖީސް ބޭނުންކޮށްގެން އެޕްލިކޭޝަންތައް ހޮސްޓްރުމަށް ސޮޕްޓްވެއަރ އިންފްރާސްޓަކްޗަރއެއް ޤާއިމްކުރުމާއި މެއިންޓެއިންކުރުމުގެ މަސައްކަތް ކުރުން. 8. މި އެޖެންސީގެ އެޕްލިކޭޝަންތައް ބޭރު އެހެން މުއަސަސާތަކުގެ އެޕްލިކޭޝަންތަކާ އިންޓަގްރޭޓްކުރުމުގެ މަސައްކަތް ކުރުން. 9. މިހާރު ބޭނުންކުރާ ޑޭޓާ، އަލަށް އުފައްދާ އެޕްލިކޭޝަންސްތަކައް މައިގްރޭޓްކުރުމަށް ކުރަންޖެހޭ މަސައްކަތުކުގައި އެހީތެރިވެދިނުން. 10. މި އެޖެންސީގެ އައި.ޓީ ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް، އަލަށް އުފައްދާ އެޕްލިކޭޝަންސްތައް ބެލެހެއްޓުމަށް ބޭނުންވާ ޓްރެއިނިންގތައް ރާވައި، އޮންދަޖޮބް ޓްރެއިނިންގގެގޮތުގައި ހިންގުން. 11. މި އެޖެންސީގެ މުވައްޒަފުންނަށް އަލަށް އުފައްދާ އެޕްލިކޭޝަންސްތަކަށް އަހުލުވެރިކުރުކުރުވުމުގެގޮތުން ބޭނުންވާ ޓްރެއިނިންގތައް ރާވައި، އޮންދަޖޮބް ޓްރެއިނިންގގެގޮތުގައި ހިންގުން. 12. މީގެ އިތުރުންވެސް، އޮފީހުގެ މަސައްކަތާ ގުޅިގެން އިސްވެރިން ހަވާލުކުރައްވާ އެންމެހައި މަސައްކަތްކުރުން.  | 
|
| 
 
 
 
 
 
 ތަޢުލީމާއި ތަޖުރިބާ:  | 
 1. އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ސޮފްޓްވެއަރ އިންޖީނިއަރިންގ ނުވަތަ ކޮމްޕިޔުޓަރ ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސޮފްޓްވެއަރ ޑެވެލޮޕްމަންޓުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ތަޖުރިބާގެ ތެރޭގައި ޕީ.އެޗް.ޕީ ލޭންގުއޭޖް، ޖާވާ ސްކުރިޕްޓާއި، އެންގިއުލަރ ޖޭއެސްއާއި، މައިއެސް.ކިއު.އެލް / އެމް.އެސް- އެސް.ކިއު.އެލް ޑޭޓާބޭސްއަކަށް ބޭނުންކޮށްގެން މަދުވުގެން 3 ސޮފްޓްވެއަރ ޕްރޮޖެކްޓެއް ހަދައިފައިވުން ނުވަތަ އެފަދަ ޕްރޮޖެކްޓެއްގައި އެކަށީގެންވާ ހައިސިއްޔަތެއްގައި ޢަމަލީގޮތުން މަސައްކަތްކޮށްފައިވުން. ނުވަތަ؛ 2. އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ސޮފްޓްވެއަރ އިންޖީނިއަރިންގ ނުވަތަ ކޮމްޕިޔުޓަރ ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސޮފްޓްވެއަރ ޑެވެލޮޕްމަންޓުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ތަޖުރިބާގެ ތެރޭގައި ޕީ.އެޗް.ޕީ ލޭންގުއޭޖް، ޖާވާ ސްކުރިޕްޓާއި، އެންގިއުލަރ ޖޭއެސްއާއި، މައިއެސް.ކިއު.އެލް / އެމް.އެސް- އެސް.ކިއު.އެލް ޑޭޓާބޭސްއަކަށް ބޭނުންކޮށްގެން މަދުވުގެން 3 ސޮފްޓްވެއަރ ޕްރޮޖެކްޓެއް ހަދައިފައިވުން ނުވަތަ އެފަދަ ޕްރޮޖެކްޓެއްގައި އެކަށީގެންވާ ހައިސިއްޔަތެއްގައި ޢަމަލީގޮތުން މަސައްކަތްކޮށްފައިވުން. ނުވަތަ؛ 3. އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ސޮފްޓްވެއަރ އިންޖީނިއަރިންގ ނުވަތަ ކޮމްޕިޔުޓަރ ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސޮފްޓްވެއަރ ޑެވެލޮޕްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ތަޖުރިބާ ތެރޭގައި، ޕީ.އެޗް.ޕީ ލޭންގުއޭޖް، ޖާވާ ސްކުރިޕްޓާއި، އެންގިއުލަރ ޖޭއެސްއާއި، މައިއެސް.ކިއު.އެލް / އެމް.އެސް- އެސް.ކިއު.އެލް ޑޭޓާބޭސްއަކަށް ބޭނުންކޮށްގެން މަދުވުގެން 3 ސޮފްޓްވެއަރ ޕްރޮޖެކްޓެއް ހަދައިފައިވުން ނުވަތަ އެފަދަ ޕްރޮޖެކްޓެއްގައި އެކަށީގެންވާ ހައިސިއްޔަތެއްގައި ޢަމަލީގޮތުން މަސައްކަތްކޮށްފައިވުން.  | 
|
| 
 ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
 1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.  | 
|
| 
 
 
 
 
 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މި އެޖެންސީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އެޖެންސީގެ www.nspa.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓު، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއކަން އަންގައިދޭ ކާޑުގެ ދެފުށުގައި ހިމެނޭ މަޢުލޫމާތު ފެންނާނެ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާ އެއްގޮތަށް ތައްޔާރުކޮށްފާއިވާ ސީވީ)  | 
|
| 
 ސުންގަޑި:  | 
 2016 ޑިސެންބަރު 18 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ. ދޮންވެލި އިމާރާތް، އަމީނީމަގު) އަށް ފޮނުވުން އެދެމެވެ.  | 
|
| 
 
 
 އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:  | 
 - އިންޓަވިއުކުރުން، 2016 ޑިސެންބަރުމަހުގެ ތެރޭގައި ނުވަތަ 2017 ޖަނަވަރީމަހުގެ ތެރޭގައި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި އޮންނާނެއެވެ. - މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށާއި، މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި، އެކަންކަމަށް އިސްކަންދޭގޮތަށް އެފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓް ކުރެވޭނީ ތައުލީމާއި ތަޖުރިބާގެ ހުރިހާ ކަންތައްތަކެއް ފުރިހަމަވެފައިވާ ފަރާތްތަކެވެ.  | 
|
| 
 އިތުރު މަޢުލޫމާތު:  | 
 މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި އެޖެންސީގެ ނަންބަރު 1402 ނަންބަރު ފޯނަށް، ނުވަތަ 3005353 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.  | 
|
| 
 9 ރަބީޢުލްއައްވަލް 1438  | 
||