ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: ސަޕޯޓް ސްޓާފް
ޑިޕާޓްމަންޓް: ޓްރާންސްޕޯޓް އެންޑް މެއިންޓެނަންސް
މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލޭ ހޮސްޕިޓަލުގެ ޓްރާންސްޕޯޓް
ތަޢުލީމާއި ތަޖުރިބާ:
- އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ B1 ކެޓަގަރީގެ ލައިސަންސް ލިބިފައިވުން.
- މަޤާމާ ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކާއި، ގިނަވަގުތު މަސައްކަތުގައި ގުޅެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1. ހޮސްޕިޓަލުގެ ދުއްވާ އުޅަނދުފަހަރު ދުއްވުން.
2. ބަލިމީހުންނާއި ތަކެތި އެމްބިއުލެންސްއަށާއި އެހެނިހެން ވެހިކަލްތަކަށް އަރުވައި ބޭލުމުގައި އެހީތެރިވެދިނުން.
3. ހޮސްޕިޓަލުގެ ވެހިކަލްތަކުގެ ދަތުރުތަކާއި ތެލުގެ ހިސާބުތައް ލޮގުފޮތުގައި ލިޔެ ބެލެހެއްޓުން.
މުސާރައާއި ޢިނާޔަތް:
ހުޅުމާލެ ހޮސްޕިޓަލުގެ މުސާރައާއި އެލަވަންސްތަކުގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން
ކުރިމަތިލުމުގެ ސުންގަޑި:
2016 ޑިސެންބަރު 15 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން.
މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލޭ ހޮސްޕިޓަލުގެ އިދާރީ އޮފީހަށް (ލޮޓް ނަންބަރު E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް) ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލުގެ www.hmh.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
ހުށަހަޅަންޖެހޭ ލިޔުންތައް:
1. ވަޒީފާއަށް އެދޭ ފޯމު.
2. ސީވީ.
3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.
5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން.
އިންޓަވިއު:
ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
ޚާއްޞަ ސަމާލުކަމަށް:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް، ހުޅުމާލޭ ހޮސްޕިޓަލުގެ 3011469 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
8 ރަބީޢުލްއައްވަލް 1438