ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމު: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ) |
މަޤާމުގެ ރޭންކް: |
ޖީ.އެސް.4 |
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 2 |
ސެކްޝަން: |
ކޯޕަރޭޓް އެފެއަރޒް (މެނެޖީރިއަލް ސަޕޯޓް) |
މުސާރަ: |
މަހަކު -/5020 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު -/1500 ރުފިޔާ |
ލިވިންގ އެލަވަންސް |
މަހަކު -/3000 ރުފިޔާ |
ސްޕެޝަލް ޑިއުޓީ އެލަވަންސް: |
މަހަކު -/1757 ރުފިޔާ (އަސާސީ މުސާރައިގެ %35) |
އޯވަރޓައިމް އެލަވަންސް: |
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ބޭނުންވާ އަދަދު: |
1 (އެކެއް) |
ތަޢުލީމާއި ތަޖުރިބާ: |
މާކެޓިންގ، މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުން. |
މަޤާމުގެ މަސްއޫލިއްޔަތު: |
1. ކޮމިޝަނުގެ އިދާރާގެ ކައުންޓަރުގެ ޚިދުމަތަކީ ޚިދުމަތް ހޯދާ ފަރާތްތަކުގެ މަޤުބޫލުކަން ލިބިފައިވާ ޚިދުމަތެއްގެ ގޮތުގައި ފޯރުކޮށްދިނުން. 2. ކޮމިޝަނުގެ އިދާރާއަށް އަންނަ ސިޓީ، ފެކްސްއާއި، އެހެނިހެން ތަކެތި ބަލައިގަނެ، ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން. 3. ކޮމިޝަނުގެ އިދާރާގެ ކައުންޓަރަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބުދާރީވުމާއި، އެ ފަރާތްތަކުން ގުޅަންބޭނުންވާ ފަރާތްތަކާއި ގުޅުވައިދިނުން. 4. ކޮމިޝަނުގެ އިދާރާގެ ފޯނުތަކާއި، އެކްސްޓެންޝަންތައް ބަލަހައްޓައި، ދިމާވާ މައްސަލަތައް ޙައްލުކުރުމާއި މައްސަލަ ހައްލު ކުރެވިފައިވޭތޯ ބެލުން. 5. ކޮމިޝަނުގެ އިދާރާއަށް ލިބޭ ލިޔުންތައް އެންޓަރކޮށް، ކަމާބެހޭ ފަރާތްތަކަށް އެސައިންކުރުން. އަދި ޖެމްސް، އީމެއިލް މެދުވެރިކޮށް ލިބޭ ލިޔުންތައް ކަމާބެހޭ ފަރާތްތަކަށް އެސައިންގކުރުން. 6. ކޮމިޝަން އިދާރާގެ ސެކްޝަންތަކުން ބޭނުންވެގެން އެދޭ ސްޓޭޝަނަރީ، ކޮންސިއުމަބްލްސްއާއި، އެސެޓްތަކުގެ ރިކުއެސްޓްތައް ބަލައިގަނެވޭނެ ނިޒާމެއް ޤާއިމުކޮށް ހިންގައި ބެލެހެއްޓުން. އަދި އެގޮތަށް ލިބޭ ރިކުއެސްޓްތައް ވަޒަންކޮށް ކޮންމެހެން ހޯދަންޖެހޭ ކަމަށް ކަނޑައަޅާ ތަކެތި ހޯދުމާ ގުޅޭ ގޮތުން ކަމާބެހޭ މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުން. 7. ކޮމިޝަން އިދާރާގެ އަހަރީ ރިޕޯޓު އެކުލަވައިލުމަށް ބޭނުންވާ މަޢުލޫމާތު ކަމާބެހޭ ސެކްޝަނުން ހޯދުން. 8. ކޮމިޝަން އިދާރާގެ ލިޔެކިއުންތައް ފަސޭހައިން ރައްކާކުރެވޭނެ، އަދި ބޭނުން ކޮންމެ ވަގުތަކު ފަސޭހައިން ހޯދޭނެ ފަދަ ނިޒާމެއް ޤާއިމުކޮށް ބެލެހެއްޓުން. 9. ކޮމިޝަން އިދާރާގެ ސްޓޮކް ގަވާއިދުން ބަލަހައްޓައި، މަސައްކަތާއި ވަޒީފާއާ ގުޅޭ ގޮތުން މުވައްޒަފުން ހޯދަން ބޭނުންވާ ތަކެތި ރަސްމީގަޑީގައި ލިބޭނެ އިންތިޒާމް ހަމަޖައްސައި، އެ ތަކެތީގެ ރެކޯޑް ބެލެހެއްޓުން. 10. ހަވާލުކުރެވޭ މަސައްކަތްތަކާ ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުން. 11. ކޯޕަރޭޓް ސަރވިސަސްއިން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން. 12. ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކާއި، ޔުނިޓުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ހާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން. 13. ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން. |
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު: |
2016 ޑިސެންބަރު 19 ވާ ހޯމަދުވަހުގެ މެންދުރުފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (ހ. ވެލާނާގޭ 12 ވަނަ ފަންގިފިލާ) |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓުފިކެޓުގެ ކޮޕީނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) 4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.(މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ) 5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް) 7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: |
|
ޕްރެކްޓިކަލްސް، އިންޓަވިއުއާއި، ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 2016 ޑިސެންބަރު 20 އާއި 25 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. |
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected]އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. |
9 ރަބީޢުލްއައްވަލް 1438 |