ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ:
މި ސްކޫލުގެ ނަންބަރު: GS-171/IUL/2016/29 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ހާޒިރުވެފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
2017 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، 2017 ވަނަ އަހަރު މި ސްކޫލުގެ ގޯތިތެރެއާއި ޢިމާރާތްތަކުގެ ސެކިއުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދަން ބޭނުންވާތީ، ރަސްމީ ދުވަސްތަކުގައި ރޭގަނޑު 6:00 އިން ހެނދުނު 7:00 އަށް، ރަސްމީ ބަންދު ދުވަސްތަކުގައި 24 ގަޑިއިރަށް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތްތަކުން 2016 ޑިސެންބަރު 19 ވާ ހޯމަދުވަހުގެ 10:00 އަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ޑިސެންބަރު 25 ވާ އާދީއްތަދުވަހުގެ 11:00 އަށް އަންދާސީހިސާބާއެކު ސިޓީ ހުށަހެޅުމަށް އެދެމެވެ.
މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދެންނެވީމެވެ. މަޤުބޫލު އުޒުރަކާއެކު މަޢުލޫމާތު ސާފުކުރަން ހާޒިރުނުވެވޭ ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހެޅުން އެދެމެވެ. މީގެ އިތުރުން މިކަމަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
މިކަމަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ރަސްމީ ގަޑީގައި 7952918 މި ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
13 ރަބީޢުލްއައްވަލް 1438