ދިވެހިރާއްޖެ
އިޢުލާން
2017 ވަނަ އަހަރަށް ބޭނުންވާ މަރާމާތު
މި ސްކޫލުގެ ނަންބަރު GS121/IUL/2016/17 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކޮށްފައިވާ ވާހަކަ ދަންނަވަމެވެ.
މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް، ތިރީގައި މި ދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- ދަރިވަރުންގެ ފާޚާނާގެ ދޮރު ބަދަލުކޮށް ތަޅު ހަރުކުރުން
- ފެންވައިރިންގ ބަދަލުކުރުން
- ކްލާސްރޫމުގެ ސީލިންގ މަރާމާތުކުރުން
- ސްޓާފްރޫމުގެ ފާޚާނާގެ ފެން ހިންދާ ބަދަލުކުރުން
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ގަޑިތަކަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
2016 ޑިސެންބަރު 21 ވާ ބުދަދުވަހުގެ 13:00 އަށް |
މަޢުލޫމާތު ދިނުން |
2016 ޑިސެންބަރު 28 ވާ ބުދަދުވަހުގެ 13:00 އަށް |
އަންދާސީހިސާބު ހުށަހެޅުން |
މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ މި ސްކޫލުގައެވެ. |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން އެނގޭނެ ސިޓީއެއް، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮން ކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ރަސްމީ ސިޓީއަކާއެކު، ބަދަލުގައި ފޮނުވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ.
އަދި މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މި މަސައްކަތަށް އެދި ހުށަހަޅުއްވާ ޕްރޮޕޯޒަލް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "2017 ވަނަ އަހަރަށް ބޭނުންވާ މަރާމާތު" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯން ނަންބަރު ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.