ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-190/2016/34
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 20 ޑިސެންބަރު 2016 13:00
ލ. ދަނބިދޫ ސްކޫލް
ދިވެހިރާއްޖެ
ރިލީފް ޓީޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ރިލީފް ޓީޗަރ   

މަޤާމުގެ ކުލެސިފިކޭޝަން:

އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

ޖީ. އެސް. 1

ބޭނުންވާ އަދަދު:

8 (އަށެއް)

މުއްދަތު:

3 (ތިނެއް) މަސްދުވަސް

މަސައްކަތް ކުރަންޖެހޭ ތަން:

އެކަޑެމިކް ސެކްޝަން: ދަނބިދޫ ސްކޫލް 

މުސާރާއި އެލަވަންސް:

ތަފްޞީލް

މުސާރަ

ސަރވިސް އެލަވަންސް

ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވާނަމަ

މަހަކު -/4500 ރުފިޔާ

މަހަކު -/1500 ރުފިޔާ

މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވާނަމަ

މަހަކު -/5500 ރުފިޔާ

މަހަކު -/1500 ރުފިޔާ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ

މަހަކު -/6090 ރުފިޔާ

މަހަކު -/2500 ރުފިޔާ

އެހެނިހެން ޢިނާޔަތް:

އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

1. ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. ޖީސީއީ އޭލެވެލް ނިންމާފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ ތަޢުލީމް ފުރިހަމަކޮށް، އިސްލާމާއި ދިވެހިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން ނުވަތަ މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، އެސް. އެސް. 5 ގެ ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

5. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޖީ. އެސް. 1 ގެ ރޭންކާ އެއްފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ  މަޤާމެއްގައި،  މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއެއްގައި  3  އަހަރުދުވަހު  އުޅެ  ތަޖުރިބާ  ލިބިފައިވުން،  ނުވަތަ  މަޤާމުގެ  މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

6. މި ވަޒީފާއަށް މީހުން ހޮވުމުގައި، ނިއު ކަރުކިއުލަމް ވޯރކްޝޮޕް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ޙުލާޞާ:

1. ހަވާލުކުރެވޭ މާއްދާތައް ކިޔަވައިދިނުމަށްޓަކައި މުޤައްރަރުގައިވާ ބައިތަކަށް ބަލައިގެން ސްކީމް އޮފް ވޯކް އެކުލަވައިލުން.

2. ކިޔަވައިދޭން ހަވާލުކުރާ މާއްދާތައް ކިޔަވައިދިނުމަށްޓަކައި، ސްކޫލުން އަންގާ ގޮތެއްގެ މަތީން ލެސަންޕްލޭން ހަދައިގެން ކުލާސްހުގައި ކިޔަވައިދިނުން.

3. ދަރިވަރުންނަށް ކިޔަވައިދޭ މާއްދާތަކުން ދަރިވަރުން ހާސިލުކުރާ މިންވަރު ދެނެގަތުމަށްޓަކައި ސްކޫލުގެ އެސެސްމެންޓް ޕޮލިސީއާ އެއްގޮތްވާގޮތުގެ މަތީން އެސެސްމެންޓްތައް ދިނުމާއި، އެސެސްމެންޓްތަކުގެ ރެކޯޑުތައް ބެލެހެއްޓުން.

4. ފެންވަރާއި ހުނަރުގެގޮތުން ތަފާތު ކުދިންނަށް އަމާޒުކޮށްގެން އުނގަންނައިދިނުން.

5. ސްކޫލުގެ ދަރިވަރުންނަށް ދެވޭ ފިލާވަޅުތަކަކީ ދަރިވަރުންގެ ބޭނުންތައް ދަނެހުރެ، ދުރާލައި ރަނގަޅަށް ތައްޔާރުވެގެން، ދަރިވަރުންގެ ބައިވެރިވުން ބޮޑަށް ހިމަނައިގެން، ޓެކްނޮލޮޖީއާ ރައްޓެހިކޮށް، ދަރިވަރުން ޝައުޤުވެރިވާގޮތަށް، ހުރިހާ ދަރިވަރުން ސާމިލުކޮށްގެން (އިންކުލޫސިވް) ދެވޭ ފިލާވަޅުތަކަކަށް ހެދުމާއި، އެކަންކަމުގެ ތެރެއިން ދަރިވަރުންގެ ހިތުގައި ދުނިޔެއުމުރު ކިޔެވުމު ރޫޙު (ލައިފްލޯންގް ލާނިންގ) އަށަގަނެފައިވާ ސުލޫކީ (ސެލްފް ރެގިއުލޭޓެޑް) ދަރިވަރުންނަށް މި ސުކޫލުގެ ދަރިވަރުން ހެދުމާއި، އެކަމުގެ އާޚިރު ނަތީޖާއެއްގެގޮތުން އުފެދޭ ދަރިވަރުންނަކީ އެ ދަރިވަރުންގެ އަމިއްލަ ނަފުސަށް، އާއިލާއަށް ރަށަށާއި ދިވެހި ޤައުމަށް ބޭނުންހިފޭ، އިސްނަގާ، ހަރުދަނާ މުވާޠިނުންނަށް ހެދުމަށާއި، ދިވެހި އިސްލާމީ މުޖުތަމަޢު ބަލައިގަންނަ، ތިމާވެއްޓާ ރައްޓެހި، ހީވާގި، އުފެއްދުންތެރި، އަދަބު އަޚްލާޤް ރަނގަޅު، ޤައުމީ ރައުސްމާލަކަށް ހެދުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

6. މި ސުކޫލަކީ ދަރިވަރުންނަށާއި، ބެލެނިވެރިންނަށާއި، މުވައްޒަފުންނަށް ރައްކާތެރި މާޙައުލަކަށް ހެދުމާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއި، މަސައްކަތު އަޚުލާޤު ހަރުދަނާކުރުމާއި، އުނގެނުމާއި އުނގަންނައިދިނުމުގައި ސާމިލުވާ ހުރިހާ ފަރާތްތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުން ބަދަހިކުރުމާއި، ސުކޫލުގެ މަޞްލަޙަތު ހިފެހެއްޓުން.

7. މި ސުކޫލުގެ ފަރާތުން އިންތިޒާމުކުރާ ގޮތެއްގެ މަތިން ދަރިވަރުންނަށް ތަޢުލީމާއި ތަރުބިއްޔަތު ފޯރުކޮށްދިނުމަށް ހިންގަންޖެހޭ އެންމެހައި ހަރަކާތްތައް ރާވައި ހިންގުން.

8. މި ސުކޫލުގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ސިކުނޑި ތަނަވަސްކުރުމަށާއި، ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށާއި، ރޫޙީ ތަރައްޤީއަށް މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ލިބިފައިވާ ތަޢުލީމާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާއާއި، ހުނަރު.

ހުށަހަޅަންޖެހޭ ތަކެތި:

1. ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދި ހުށަހަޅާ ފޯމު (މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ.

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީ.ވީ (ސީ.ވީގެ ނަމޫނާ، މި ސްކޫލުން ލިބެން ހުންނާނެއެވެ.)

* މަތީގައިވާ ލިޔުންތަކުގައި، ސަރުކާރުގެ އިދާރާއަކުން، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާކަށެއް ނުޖެހޭނެއެވެ.

ސުންގަޑި:

މި  މަޤާމަށް  އެދޭ  ފަރާތްތަކުން،  2016  ޑިސެންބަރު  20  ވާ  އަންގާރަ  ދުވަހުގެ  13:00  ގެ  ކުރިން،  ބަޔާންކުރެވިފައިވާ  ތަކެއްޗާއެކު، ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު:މި ވަޒީފާއަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 2017 ޖަނަވަރީ 1 ވާ އާދީއްތަ ދުވަހުގެރޭ 20:30 ގައި ދަނބިދޫ ސްކޫލުގައެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން ގުޅާނީ، 6800740 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 9680080 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. 

8 ރަބީޢުލްއައްވަލް 1438

08 ޑިސެންބަރު 2016