މަޤާމު
|
ރެޖިސްޓަރޑް ނާރސް
|
ބޭނުންވާ އަދަދު
|
01
|
ސިނިއަރ އޮފިސަރ ގްރޭޑް 1 ރޭންކް: MS 1
|
މުސާރަ
|
މަހަކު -/5610 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2000 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭ ތަން
|
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ.މާލެ
|
ސެކްޝަން
|
ސޯޝަލްޕްރޮޓެކްޝަން ޕްރޮގްރާމްސް އިމްޕްލިމެންޓޭޝަން (މެޑިކަލް އެސިސްޓެންސް ޕްރޮގްރާމްސް)
|
މަޤާމުގެ ޝަރުޠު
|
- ނަރސިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގނަޑު ލެވެލް 5 ނުވަތަ 6 ސަނަދު ހާސިލުކޮށްފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ދަށުން މި އެޖެންސީން ދެމުންދާ އެހީގެ ޕްރޮގްރާމްތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ޢިނާޔަތާއި، މެޑިކަލް ވެލްފެއަރ އެސިސްޓެންސް ޕްރޮގްރާމްގެ ދަށުން ދެވޭ އެހީތަކުގައި ޞިއްޙީގޮތުން ބޭނުންވާ ލަފާދިނުމާއި އެ އެހީތަކަށް އެދި ހުށަހަޅާ ފަރާތްތަކަށް އިރުޝާދުގެ ދަށުން ޖަވާބުދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން
- ރާއްޖެއިން ލިބެން ނުހުންނަ ބޭސްތަކުގެ ތެރެއިން މި އެޖެންސީއިން ރައްޔިތުންނަށް ހޯދައިދޭ ބޭސްތައް ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ބޭނުންވާ ބޭސްތައް ވެރިންގެ އިރުޝާދުގެ ދަށުން ހޯދައިދިނުމުގެ މަސައްކަތް ކުރުން.
- އެގްޒެކްޓިވް ބިއުރޯގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ ތެރެއިން މެޑިކަލް ވެލްފެއަރ އެސިސްޓެންސް ޔުނިޓުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ހުށަހަޅާ ފޯމުތަކާ ގުޅިގެން ޞިއްޙީގޮތުން ބޭނުންވާ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުމާއި، އެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒުކުރުން.
- ހުސްނުވާ އާސަންދަ ސްކީމްގެ ދަށުން ކުރިއަށްގެންދާ ސުޕަރސްޕެޝަލިސްޓް ޕްރޮގްރާމްގެ ދަށުން ފަރުވާ ހޯދާ ފަރާތްތަކަށް ބޭނުންވާ ރާއްޖެއިން ލިބެން ނުހުންނަ ބޭސްތައް ހޯދައި އާސަންދައަށް ފޮނުވުމުގެ މަސައްކަތް ކުރުން.
- ހުސްނުވާ އާސަންދަ ސްކީމްގެ ދަށުން ދޫކުރާ ބޭސްތަކާ ބެހޭގޮތުން މި އެޖެންސީން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- އާސަންދައިގެ ދަށުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު ބެލުމާއި ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބޭނުންވާ ޞިއްޙީ ދާއިރާގެ ފަންނީ ލަފާދިނުން
|
އުޖޫރައާއި ޢިނާޔަތްތައް
|
- މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35
- ރިސްކު އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް -/50 ރުފިޔާ
- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބަލާނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމް، މި މިއެޖެންސީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި www.nspa.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެއްވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ވަޒީފާ އަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
|
ސުންގަޑި
|
2016 ޑިސެންބަރު 19 ވާ ހޯމަދުވަހުގެ 13:30 ގެ ކުރިން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ.ދޮންވެލި އިމާރާތް، އަމީނީމަގު) އަށް ފޮނުއްވުން އެދެމެވެ.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
- އިންޓަރވިއު ކުރުން 2016 ވަނައަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ނުވަތަ 2017 ޖަނަވަރީ ތެރޭގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި އޮންނާނެއެވެ.
ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ މި އެޖެންސީގެ ނަންބަރު 1402 ނުވަތަ 3005353 އާ ގުޅުއްވުން އެދެމެވެ.
|