ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MMPRC-HR/1/2016/65
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:52
ސުންގަޑި: 18 ޑިސެންބަރު 2016 13:30
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
މަލްޓި މީޑިއާ ސްޕެޝަލިސްޓް

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: މަލްޓި މީޑިއާ ސްޕެޝަލިސްޓް

މުސާރަ: -/ 9,000 ރުފިޔާ

އެލަވަންސް: -/6,000 ރުފިޔާ

ޑިޕާޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ/ ޑިޖިޓަލް މީޑިއާ އެންޑް އޮންލައިން މާކެޓިންގ 

ބޭނުންވާ އަދަދު: 1

ޝަރުޠު:

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ    

- މަލްޓިމީޑިއާގެ ދާއިރާގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- މި ކޯޕަރޭޝަނުގެ ސޯޝަލް އެންޑް ޑިޖިޓަލް މީޑިއާ އެންޑް އޮންލައިން މާކެޓިންގ ސެކްޝަނުގެ އެންމެހައި މަސައްކަތްތައް ކުރިއަށްގެންދިއުން.

- މި ކޯޕަރޭޝަނުގެ ސޯޝަލް ނެޓްވާކް ޕްރޮފައިލްތައް ސުޕަވައިޒްކޮށް ބެލެހެއްޓުމާއި ޒިޔާރަތްކުރާ ފަރާތްތަކުން ޝައުޤުވެރިވާނެ ފަދަ ކެމްޕެއިންތައް ރާވައި ހިންގުން.

- ސޯޝަލް މީޑިއާ ބޭނުންކޮށްގެން ބޭރުދުނިޔޭގައި ރާއްޖޭ އިޝްތިހާރުކުރުމަށްޓަކައި، އެންމެ އެކަށޭން ޕްލޭނެއް ތައްޔާރުކޮށް ހިންގުން.

- މި ކޯޕަރޭޝަންގެ ވެބްސައިޓްގެ އޯޑިއަންސަށް ކަމުދާނެ ފަދަ ތަފާތު ބައިތައް (ފޮޓޯ، ވީޑިއޯ، މަޢުލޫމާތު) ހިމަނައި ވެބްސައިޓްގެ އެންމެހައި މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން.

- މި ކޯޕަރޭޝަނުގެ ފަރާތުން ޑިޒައިންކުރަން ބޭނުންވާ ތަކެތި ޑިޒައިން ކުރުން.

ސިޓީ ފޮނުވަންވީ ތާރީޚާއި ތަން:  2016 ޑިސެންބަރު 18 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން ވެލާނާގޭ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް.

ހުށައަޅަންޖެހޭ ލިޔުންތައް:

-  ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

-  ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

-  ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މި ބައިގައި މާކްސް ދެވޭނީ އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކަށެވެ.)

-  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން (މި ބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ.)

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް މީހުން ހޮވުމުގައި ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މި މަޤާމަށް މީހުން ހޮވުމުގައި ދިވެހިބަހާއި، އިނގިރޭސިބަހުގެ އިތުރުން އެހެން ބަސްތަކުން ލިޔަންކިޔަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނަށެވެ.
  • މި މަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުޠު ހަމަވާ، ތަޢުލީމާއި ތަޖުރިބާ އެންމެ މަތީ 05 ފަރާތަކާއެވެ. އަދި ޝޯޓް ލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ ކަމުގައި ވެސް ދެންނެވީމެވެ.

ސިޓީ އެޑްރެސް ކުރައްވާނީ:

ހާރިޘް މުޙައްމަދު، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

9 ރަބީއުލްއައްވަލް 1438

 

 

08 ޑިސެންބަރު 2016