ދިވެހިރާއްޖެ
އިޢުލާން
ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ
މި ސްކޫލުގެ ނަންބަރު: GS-171/IUL/2016/27 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
2017 ވަނަ އަހަރު މި ސްކޫލުގެ ޕްރިންސިޕަލް ހުންނަވާނޭ ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.
ވީމާ، ޕްރިންސިޕަލް ހުންނަވާނޭ ގެއެއް ކުއްޔަށް ދިނުމަށް އެދޭ ފަރާތްތަކުން 2016 ޑިސެންބަރު 18 ވާ އާދީއްތަދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން ފޯމު ހުށަހެޅުއްވުން އެދެމެވެ.
ކުއްޔަށް ދޫކުރާ ގެއަކީ މި ދަންނަވާ ޝަރުޠުތައް ފުރިހަމަވެފައިވާ ގެއަކަށް ވާންވާނެއެވެ.
- ވަކިން ދިރިއުޅެވޭނެ ފަދަ ގެއަކަށް ވުން.
- ސިޓިންގރޫމާއި ކޮޓަރިތަކުގެ ހުރިހާ ފަރުނީޗަރު ހަމައަށް ހުރުން.
- ފާޚާނާ ކުރުމުގެ އިންތިޒާމު ގޭތެރެއިން ހަމަޖެހިފައިވުން.
- ކައްކައިގެން ކެއުމަށް ބޭނުންވާ ތަންތަނާއި ވަސީލަތްތަކާއި ހިފައިގެންގުޅޭ ތަކެއްޗާއި ފަރުނީޗަރު ހަމައަށް ހުރުން.
- ޓީވީގެ ޚިދުމަތް ލިބުން.
މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެ ވާހަކަ ދެންނެވީމެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 7952918 މި ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
13 ރަބީޢުލްއައްވަލް 1438