ކުއްޔަށް ދިނުން
ނަންބަރު: (IUL)332-ADHR/332/2016/89
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:06
ސުންގަޑި: 19 ޑިސެންބަރު 2016 13:00
މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެޔޮ ވިއްކުމަށް ބަނދެފައިވާ ދެތާނގީއާއި ބިން ކުއްޔަށް ދިނުމަށް

އިޢުލާން

ކައުންސިލުން ތެޔޮ ވިއްކުމަށް ބަނދެފައިވާ ދެތާނގީއާއި ބިން ކޮންޓްރެކްޓް އުސޫލުން 15 އަހަރަށް ދިނުމަށް ބޭންނުންވެއެވެ. ފުރަތަމަ ތާނގީގެ ކެޕޭސިޓީއަކީ 30000 ލީޓަރއެވެ. ދެވަނަ ތާނގީގެ ކެޕޭސިޓީއަކީ 10000 ލީޓަރެވެ. އަދި ބިމުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 5670 އަކަފޫޓެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 2016 ޑިސެންބަރު 19 ވާ ހޯމަދުވަހުގެ 13:00 ގައި މި އިދާރާގައި އޮންނާނެއެވެ. މި ބައްދަލުވުމަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރި ފަރާތްތަކުގެ ތެރެއިން ޝައުޤުވެރިވެރިލައްވާ ފަރާތްތަކުން އަގު ހުށަހެޅުއްވުމަށް 2016 ޑިސެންބަރު 26 ވާ ހޯމަދުވަހުގެ 13:00 އަށް މި އިދާރާއަށް ހާޒިރުވެދެއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

12 ޑިސެންބަރު 2016