ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)420-AS/242/2016/44
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:02
ސުންގަޑި: 22 ޑިސެންބަރު 2016 13:30
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ ފައިނޭންސް އޮފިސަރ

އިޢުލާން

މަޤާމް:

ސީނިއަރ ފައިނޭންސް އޮފިސަރ

މަޤާމުގެ ނަންބަރު:

J221995

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ގިންތި:

ދާއިމީ

ސަރވިސް އެލަވަންސް:

   މަހަކު -/2،000 ރުފިޔާ

މުސާރަ:

 މަހަކު -/6295 ރުފިޔާ

އޮފީސް:

ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ، ގދ. ރަތަފަންދޫ

މަޤާމުގެ ޝަރުޠު:

1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް/ ބިޒްނަސް/ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް/ ބިޒްނަސް/ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5  ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް/ ބިޒްނަސް/ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް/ ބިޒްނަސް/ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު: 

1. ބަޖެޓް ސެކްޝަނުން ތައްޔާރުކުރަންޖެހޭ ޕޭމަންޓް ވައުޗަރުތަކާއި، ރިޕޯޓްތަކާއި، ސްޓޭޓްމަންޓްތަކާއި، ފައިސާއާބެހޭ އެންމެހައި ލިޔުންތަކުގެ ހިސާބު ޗެކްކުރުމާއި، ރަށުގެ ރައްޔިތުންގެ މާލިއްޔަތާއި، އެންމެހައި ވަސީލަތްތައް ބެލެހެއްޓުން.

2. ކައުންސިލް އިދާރާގެ ބަޖެޓާބެހޭ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުމާއި، ފޮނުވަންޖެހޭ ރިޕޯޓްތައް ކަނޑައެޅިފައިވާ ތާރީޚަށް ފޮނުވުމާއި، ވެރިންނަށް ރިޕޯޓްކުރުން. 

3. ކައުންސިލް އިދާރާގެ އަހަރީ ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓުގެ ޚަރަދު ކޮންޓްރޯލްކުރުމާއި، ބަޖެޓުގެ ހިސާބުކިތާބު ބެލެހެއްޓުމާއި، ކައުންސިލް އިދާރާގެ ޚަރަދުތަކަށް ބަޖެޓުގެ ބޭރުން ބޭނުންވާ ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައިގެން ފައިސާ ހޯދުމާއި، އިދާރާގެ މަސައްކަތަށް ދަތިނުވާނެގޮތަށް ފައިސާއާބެހޭ އެންމެހައި މަސައްކަތްކުރުން.

4. ކައުންސިލް އިދާރާގެ އިންޓަރނަލް އޯޑިޓްކުރުމާއި، ފާހަގަކުރެވޭ ކަންތައްތައް ކައުންސިލަށް ރިޕޯޓްކޮށް، ހުރި މައްސަލަތައް ރަނގަޅުކުރުމަށް މަސައްކަތްކުރުން. 

5. ކައުންސިލްގެ ބަޖެޓަށް ހޯދަންޖެހޭ ފައިސާގެ ވައުޗަރުތަކާއި ކޭޝްފްލޯ ފޯކާސްޓާއި މަސްދުވަހުގެ ޚަރަދު ރިޕޯޓް ތައްޔާރުކުރުމާއި، އާމްދަނީ އެކައުންޓްތައް ރީކޮންސައިލްކޮށް ބެލެހެއްޓުމާއި، މުވައްޒަފުންގެ މުސާރައާއި ޕެންޝަން ކޮންޓިބިއުޝަނުގެ މަސައްކަތް ކުރުމާއި، ކައުންސިލް އިދާރާގެ ތިޖޫރީ ބެލެހެއްޓުން.

6. ކައުންސިލުންދޭ ޚިދުމަތްތަކާއި ކައުންސިލް މެދުވެރިވެގެންދޭ ޚިދުމަތްތަކަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ހެދޭ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކައުންސިލުން ކަނޑައަޅާ ފީތައް ނެގުން.

7. ކައުންސިލް އިދާރާގެ ކޮމްޕިއުޓަރ ނެޓްވޯކްގެ ކަންކަން ބެލެހެއްޓުމާއި، ބަޖެޓުގެ އީމެއިލް ބެލެހެއްޓުން.  

އުޖޫރައާއި ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދެވޭ ޢިނާޔަތްތައް ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް:

ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، އިންޓަވިއުއަށް.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު، ރަތަފަންދޫ ކައުންސިލް އިދާރާއިން އަންގާ ތާރީޚެއްގައި ރަތަފަންދޫ ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. ވުމާއެކު، މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވުމަށް  ތައްޔާރުވެގެން ތިބުން އެދެމެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2- ސިވިލްސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމްދޭ މަރުކަޒުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4- ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ

5- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6- ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް، 2016 ޑިސެންބަރު 22 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން، ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާގެ 6840016 ނަންބަރު ފޯނަށެވެ.

6 ރަބީޢުލްއައްވަލް 1438

05 ޑިސެންބަރު 2016