މަސައްކަތް
ނަންބަރު: GS 33/2016/38
ޕަބްލިޝްކުރި ތާރީޚް: 11 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 08:10
ސުންގަޑި: 15 ޑިސެންބަރު 2016 13:00
ބ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ކުލަލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި މަދަރުސާގެ ވަށާފާރުގައި ކުލަލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މި މަދަރުސާގެ ނަންބަރު: GS 33/2016/29 އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތީން ޢަމަލުކޮށްދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

2016 ޑިސެންބަރު 15 ވަނަ ދުވަހުގެ 13:00 އަށް ސްކޫލުގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން.

2016 ޑިސެންބަރު 22 ވަނަ ދުވަހުގެ 13:00 އަށް ސްކޫލުގެ އޮފީހަށް ވަޑައިގެން  އަންދާސީހިސާބު ހުށަހެޅުއްވުން.

އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ފޮނުއްވާ ފަރާތަށް ސިޓީއެއް ދެއްވުމަށްފަހު ފޮނުއްވުމުން އެފަރާތުގެ ނަމުގައި އަންދާސީހިސާބު ހުށަހެޅުއްވިދާނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވާނީ މި ސްކޫލުން އެކަމަށް ދޫކުރާ ފޯމެއްގައެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ، މަޢުލޫމާތު ސާފުކުރައްވާފައިވާ ފަރާތްތަކުގެ ނަމުގައި އެކަންޏެވެ. އެހެން ފަރާތެއްގެ ނަމުގައި ހުށަހަޅުއްވާ އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމުގައްޔާއި، އަންދާސީހިސާބު ހުށަހެޅުއްވުމުގައި، ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.

އަދި ދަންނަވަމެވެ. މި މަސައްކަތަކަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: ނަންބަރު 6600034 ނުވަތަ 9659595 ފޯނަށެވެ.
11 ޑިސެންބަރު 2016