ދިވެހިރާއްޖެ
އިޢުލާން
ޕޮއިންޓް އޮފް ސޭލްސް އަދި އެކައުންޓިންގް ސޮފްޓްވެއަރ ޑިވެލޮޕަރ/ ސިސްޓަމްސް، އެޕްލިކޭޝަންސް އެންޑް ޕްރޮޑަކްޓްސް (އެސް.އޭ.ޕީ) ސޮފްޓްވެއަރ ޑިވެލޮޕަރ
އޭޝިއަން ޑެވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ތަންފީޒުކުރަމުންދާ "މައިކްރޯ، ސްމޯލް އެންޑް މީޑިއަމް ސައިޒްޑް އެންޓަޕްރައިޒް ޑިވެލޮޕްމެންޓް" ޕްރޮޖެކްޓްގެ ދަށުން، މީރާގެ އެސް.އޭ.ޕީ ސޮފްޓްވެއަރ އެންހޭންސްމަންޓް ޕެކޭޖް އަޕްގްރޭޑް ކުރުމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ހިސާބު ބެލެހެއްޓުމުގެ ކަންކަން ހަރުދަނާކުރުމުގެ ގޮތުން ތިރީގައި މި ދަންނަވާ މަޤާމްތަކަށް ކޮންޓްރެކްޓް އުސޫލުން ކޮންސަލްޓަންޓުން ބޭނުންވެއްޖެއެވެ.
މަޤާމު: ޕޮއިންޓް އޮފް ސޭލްސް އަދި އެކައުންޓިންގ ސޮފްޓްވެއަރ ޑިވެލޮޕަރ |
އަދަދު: 1 |
ފެންވަރު ނުވަތަ ޝަރުތު: ސޮފްޓްވެއަރ ޑިވެލޮޕްމަންޓްގެ ދާއިރާއިން މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން |
މަޤާމު: އެސް.އޭ.ޕީ ސޮފްޓްވެއަރ ޑިވެލޮޕަރ |
އަދަދު: 2 |
ފެންވަރު ނުވަތަ ޝަރުތު: އެސް.އޭ.ޕީ ސޮފްޓްވެއަރ އަދި އެސް.އޭ.ޕީ ބިޒްނަސް އިންޓަލިޖެންސް އަދި ބިޒްނަސް އޮބްޖެކްޓްސް (ބީ އައި / ބީ އޯ) އަށް އަހުލުވެރިވެފައިވުން |
މަސައްކަތް ކުރަންޖެހޭ ތަން : މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
މަސައްކަތް ކުރަންޖެހޭ ގަޑި: ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 8:00 ން މެންދުރުފަހު 00:5 އަށް
ވަޒީފާގެ މުއްދަތު : 6 މަސްދުވަސް
ވަޒިފާއަށް ކުރިމަތިލުމުގެ ސުންގަޑި: 27 ޑިސެންބަރު 2016
އެކްސްޕްރެސް އޮފް އިންޓްރަސްޓް (އީ.އޯ.އައި) ހުށަހެޅުން: މަޤާމަށް އެދި ހުށަހަޅާ ޕްރޮޕޯސަލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ އޭޝިއަން ޑެވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ ވެބްސައިޓް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.
އޭ.ޑީ.ބީގެ ވެބްސައިޓް މެދުވެރިކޮށް ހުށަހަޅުއްވާނީ ތިރީގައިވާ ލިންކް މެދުވެރިކޮށެވެ.
https://uxdmz06.adb.org/OA_HTML/OA.jsp?OAFunc=XXCRS_CSRN_PROFILE_PAGE&selNo=132128
މި މަޤާމާ ބެހޭ އިތުރު ތަފުސީލު ނުވަތަ ޓާރމްސް އޮފް ރެފަރެންސް މި އޮތޯރިޓީގެ ވެބްސައިޓް https://www.mira.gov.mv އިން ޑައުންލޯޑުކުރެވޭނެއެވެ.
7 ރަބީޢުލްއައްވަލް 1437