މަސައްކަތް
ނަންބަރު: (IUL)438-PDU/1/2016/187
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި: 22 ޑިސެންބަރު 2016 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ މެޓީރިއަލް ފޯރުކޮށްދިނުމުން ޢަމަލީ މަސައްކަތްކުރާނެ ފަރާތެއް ހޯދުމާބެހޭ

ޝައުޤުވެރިކަން ހުށަހެޅުމުގެ ދަޢުވަތު

ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ މެޓީރިއަލް ފޯރުކޮށްދިނުމުން ޢަމަލީ މަސައްކަތްކުރާނެ ފަރާތެއް ހޯދުމާބެހޭ 

1. ޕީ.އެސް.އައި.ޕީ ގެ ދަށުން މި މިނިސްޓްރީން ކުރިއަށްގެންދާ ހއ.އުތީމު، ނ.ލަންދޫ، ރ.މާކުރަތު، ރ.ރަސްމާދޫ، ކ.ކާށިދޫ، އދ.ހަންޏާމީދޫ، އދ.އޮމަދޫ، ފ.ފީއަލި، ލ.މާވަށް، މި 9 ރަށުގެ ނަރުދަމާގެ މަޝްރޫޢަށް ބޭނުންވާ މެޓީރިއަލް ފޯރުކޮށްދިނުމުން ޢަމަލީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

2. މި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ނަރުދަމާގެ ވިޔުގަ ޤާއިމްކުރުމާއި، ލިފްޓިން ސްޓޭޝަނާއި ޕަމްޕް ސްޓޭޝަންސް އަދި ސީ އައުޓް ފޯލް ޤާއިމުކުރުމުގެ މަސައްކަތެވެ.

3. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް " އެކްސްޕްރެޝަން އޮފް އިންޓްރެސްޓް " ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީން ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހަޅާނީ މިކަމާގުޅޭގޮތުން މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ގައި ޝާއިޢުކުރެވިފައިވާ މަޢުލޫމާތުތަކާ އެއްގޮތަށެވެ.

4. މި މަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެއެވެ.

5. މި މަސައްކަތަށް އެދި "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމާއި އެކަމަށް އެދި ހުށަހަޅާ ލިޔުންތައް ހުޅުވުން އޮންނާނީ 2016 ޑިސެންބަރު 22 ވާ ބުރާސްފަތި ދުވަހު 11:00 ގައި ތިރީގައިވާ އެޑްރެހުގައި މިކަމަށްއެދި ލިޔުންތައް ހުށަހަޅާ ހުރިހާ ފަރާތެއްގެ ހާޒިރުގައެވެ.

ޕްރޮކިއުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފެކްސް: -3018-301960+

އީމެއިލް: [email protected]

6. "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބޭރުގައި "ނަރުދަމާގެ މަސައްކަތް ކުރުމުގެ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް " މިހެން ލިޔުމުގެ އިތުރުން، ހުށަހަޅާފަރާތުގެ ނަމާއި، އެޑްރެހާއި، ގުޅޭނެ ފޯނު ނަމްބަރާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި، ވަގުތު ލިޔެފައި އޮންނަންވާނެއެވެ.

08 ޑިސެންބަރު 2016