ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)269/269/2016/107
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:47
ސުންގަޑި: 19 ޑިސެންބަރު 2016 13:30
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޮޗަރ

އިޢުލާން

ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމަށް ކޮންޓްރެކްޓް އުސޫލުން މީހުން ހޯދުމާބެހޭ

ކޮންޓްރެކްޓް އުސޫލުން، 2017 ޖަނަވަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން 2017 ޑިސެންބަރުމަހުގެ ނިޔަލަށް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް މި އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް ވަނީ ބޭނުންވެފައެވެ.   

  • މަޤާމު:     ވޮޗަރ

ބޭނުންވާ އަދަދު:    2 (ދޭއް)

މުސާރަ:        މަހަކު -/4100 (ހަތަރުހާސް އެއްސަތޭކަ) ރުފިޔާ

ފެންވަރު ނުވަތަ ޝަރުޠު:

  1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.
  2. ޢުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ މީހެއް ކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެމަތިން އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކުރުމާއި، މަޤާމުގެ ދާއިރާގެ ތެރެއިން ކައުންސިލުން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

- ލިބިލައްވާފައިވާ ތަޢުލީމާއި ތަމްރީނު

- ލިބިލައްވާފައިވާ މަސައްކަތުގެ ތަޖުރިބާ

- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް

މަޤާމަށް ބޭނުންވާ މީހަކު ހޮވުމަށްޓަކައި ބާއްވާ އިންޓަވިއު އޮންނާނެ ތަނާއި ގަޑި:

  • މި މަޤާމަށް މީހުން ހޮވުމަށްޓަކައި ބާއްވާ އިންޓަވިއު އޮންނާނީ ހދ. ވައިކަރަދޫ ކައުންސިލުގެ އިދާރާގައެވެ.
  • މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން މި މަޤާމުގެ ޝަރުޠު ފުރިހަމަވެ އިންޓަވިއުއަށް ހޮވޭ ފަރާތްތަކާއެކު ބާއްވާ އިންޓަވިއު މި އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ: (އިންޓަވިއުއަށް ވަޑައިގަންނަވާއިރު ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލު ގެންނަވަންވާނެއެވެ.)
  • ކުރިން ވަޒީފާއެއްގައި އުޅެފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާތަކާއި މުއްދަތު އެނގޭނެ ލިޔުން.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އިންޓަވިއުއަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަވަންވާނެއެވެ.)
  • ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓުފިކެޓުގެ ކޮޕީ (އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ސްކޫލް ލީވިންގ ސެޓުފިކެޓުގެ އަސްލު ގެންނަވަންވާނެއެވެ.)
  • ހެއްދިފަހުން 3 މަސް ހަމަނުވާ ޕޮލިސްރިޕޯޓް (ހުށަހަޅުއްވާނީ އިންޓަވިއުއަށް ވަޑައިގަންނަވާއިރު)

ތަކެތި ހުށަހަޅަންޖެހޭ ސުންގަޑި: 2016 ޑިސެންބަރު 19 ވާ ހޯމަދުވަހުގެ 13:30 ގެ ކުރިން މި އިދާރާއަށް.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6520046 ނަންބަރާއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

9 ރަބީޢުލްއައްވަލް 1438

08 ޑިސެންބަރު 2016