ވަޒީފާގެ ފުރުޞަތު
ނަންބަރު: IL-HRD/2016/66
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:41
ސުންގަޑި: 15 ޑިސެންބަރު 2016 15:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމުތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލު، އަދި އިޚްލާސްތެރިކަމާއި ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ.

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން:

ބެލެންސް އޮފް ޕޭމަންޓްސް ސެކްޝަން / ސްޓެޓިސްޓިކްސް ޑިވިޜަން

ބޭނުންވާ އަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރު

  • ސްޓެޓިސްޓިކްސް ނުވަތަ އިކޮނޮމިކްސް ނުވަތަ ފައިނޭންސް ނުވަތަ އެކައުންޓިންގގެ ދާއިރާ އިން ފުރަތަމަ ޑިގްރީ ހާޞިލް ކޮށްފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ބެލެންސް އޮފް ޕޭމަންޓްސް އާގުޅޭ ތަފާސްހިސާބުތައް އެކުލަވައިލުމަށާއި އެކަމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށާއި، ބެލެންސް އޮފް ޕޭމަންޓްސްއާގުޅޭ ތަފާސްހިސާބުގެ މަސައްކަތްތައް އިތުރަށް ތަރައްޤީ ކުރުމުގައި އެހީތެރިވެދިނުން.

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ޑޮމެސްޓިކް އޮޕަރޭޝަންސް ސެކްޝަން / ބޭންކިންގ އެންޑް ޕޭމަންޓްސް ޑިވިޜަން

ބޭނުންވާ އަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރު:

  • ބޭންކިންގ އެންޑް ފައިނޭންސް ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސްއާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
  • އޯލެވެލްގެ އިމްތިހާނުގެ އިނގިރޭސި ބަހުން "ބީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމް.އެމް.އޭ އިން ހިންގާ ދިވެހި ފައިސާގެ މުޢާމަލާތްތަކާބެހޭ މަސައްކަތް ކުރުން.

މަޤާމް:

އެސިސްޓަންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

ޕޭމަންޓް އެންޑް ސެޓްލްމެންޓް ސެކްޝަން / ބޭންކިންގ އެންޑް ޕޭމަންޓްސް ޑިވިޜަން

ބޭނުންވާ އަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖްރިބާ

  • ބޭންކިން  އެންޑް ފައިނޭންސް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލްކޮށްފައިވުން.
  • އޯލެވެލްގެ އިމްތިހާނުގެ އިނގިރޭސި ބަހުން "ބީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލްކޮށްފައިވުން
  • އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާގެ ތައުލީމާއި ތަޖްރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މޯލްޑިވްސް ރިއަލް ޓައިމް ގްރޮސް ސެޓްލްމެންޓް ސިސްޓަމާއި، އޮޓޮމޭޓެޑް ކްލިއަރިންގ ހައުސްއާއި ސްވިފްޓް ސިސްޓަމްއާ ގުޅޭ އިދާރީ މަސައްކަތްތައް ސުޕަވައިޒްކުރުމަށް އެހީތެރިވުން.

މަޤާމް:

އޮފިސަރ 

ޑިވިޜަން:

ބެލެންސް އޮފް ޕޭމަންޓްސް ސެކްޝަން / ސްޓެޓިސްޓިކްސް ޑިވިޜަން

ބޭނުންވާ އަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރު:

  • ޖީސީއީ އޭލެވެލް ބިޒްނަސް ސްޓްރީމްގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލް ކޮށްފައިވުން ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލު ކުރާ ފެންވަރުގެ ބިޒްނަސްއާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް (ސްޓެޓިސްޓިކްސް، އިކޮނޮމިކްސް، ބިޒްނަސް، އެކައުންޓިން އަދި ފައިނޭންސް ހިމެނޭގޮތަށް) ހާޞިލް ކޮށްފައިވުން
  • އެސްއެސްސީ އިމްތިހާނުގެ ދިވެހި މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލް ކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭއިން އެކުލަވާލާ އެކިއެކި ތަފާސް ހިސާބް ތަކަށް ބޭނުންވާ މައުލޫމާތުތައް ހޯދައި އެއްކުރުމާއި ތަފާސް ހިސާބުތަކުގެ ޑޭޓާ ބެލެހެއްޓުން.

ހުނަރުވެރިކަން: 

  • އިޤްތިޞާދީ އެކިއެކި ކަންކަމާއި ގުޅޭ ގޮތުން ކުރެވޭ ސާރވޭތަކަށް ޝައުޤުވެރިކަން ހުރުން
  • ތަފާސް ހިސާބު (ސްޓެޓިސްޓިކްސް) އާ ގުޅޭ މަސައްކަތްތަކަށް ޝައުޤުވެރިކަން ހުރުން
  • ގިނަ ވަގުތު އޮފީހުން ބޭރުގައި މަސައްކަތް ކުރުމަށް އިޢުތިރާޒެއް ނެތުން

މަޤާމް:

އޮފިސަރ

ސެކްޝަން:

ސެކިއުރިޓީ ސަރވިސަސް ޔުނިޓް

ބޭނުންވާ އަދަދު:

02 (ދޭއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • ޖީސީއީ އޭލެވެލް ފެންވަރު ހުރުން ނުވަތަ އޯލެވެލް އިމްތިޙާނުގެ 03 (ތިނެއް) މާއްދާއިން ފާސްވެފައިވުން
  • ސެކިއުރިޓީ ސިސްޓަމްސްތައް މޮނިޓަރކޮށް ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ އިމާރާތާއި ތަކެއްޗާއި މުވައްޒަފުންނާއި ޚިދުމަތް ހޯދުމަށް އަންނަ މީހުންގެ ސަލާމަތާއި ރައްކާތެރިކަން އެމްއެމްއޭގައި ޤާއިމު ކޮށްފައިވާ ސެކިއުރިޓީ ނިޒާމް މެދުވެރިކޮށް ބެލެހެއްޓުން.

ޝަރުތު:

  • ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނޭ މީހަކަށްވުން.
  • ސެކިއުރިޓީ ޓްރޭނިންގ ހެދުމަށް އިއުތިރާޒް ނުކުރާ މީހަކަށްވުން.
  • އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށްވުން.
  • ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުން.
  • އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ ހުނަރު ހުރުން.

ވާޒީފާއަށް ކުރިމަތިލާ ފަރާތުގެ ހުނަރުވެރިކަމާއި ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުނަރުވެރިކަން: 

  • އަމިއްލަ އިސްނެގުމާއިއެކު މީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ހުރުން.
  • އަމިއްލައަށް ރާވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • "މައިކްރޯސޮފްޓް އޮފީސް" އަށް އަހުލުވެރިވެފައިވުން.
  • ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއިއެކު މުޢާމަލާތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • ރިވެތި އަދަބުތަކާއެކު މުޢާމަލާތް ކުރުމުގެ އާދަ އަށެގަނެފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓްގެ ކޮޕީ (ލިބިފައިވާނަމަ)
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް.
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް.

ސުންގަޑި

2016 ޑިސެންބަރު 15 ވާ ބުރާސްފަތި ދުވަހުގެ 15:00 އަށް

ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީން އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv  އިން ލިބެން ހުންނާއެވެ. އަދި މި ވަޒީފާ އަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 05 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

09 ރަބީޢުލްއައްވަލް 1438

08 ޑިސެންބަރު 2016