ދިވެހިރާއްޖެ
އިޢުލާން
މި އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއްޖެ.
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ (ދާއިމީ)
މަޤާމުގެ ނަންބަރު: J-285907
ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
ރޭންކް: ޖީ.އެސް. 3 (ޖެނެރަލް ސަރވިސް 3)
ސެކްޝަން: ކޯޕަރޭޓް އެފެއާޒް ޝެކްޝަން
މުސާރަ: މަހަކު -/4,465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ޝަރުޠު:
1. ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ޖެނެރަލް އެޑްމިނިސްޓްރޭޝަން ނުވަތަ ޖެނެރަލް މެނޭޖްމެންޓް ނުވަތަ ހިއުމަން ރިސޯސް މެނެޖްމަންޓް ނުވަތަ އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ؛
2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް:
- ކައުންސިލުގެ އިދާރާގެ ބެލުމުގެ ދަށުގައި އޮންނަ އެޗް.އާރ.އެމް.ޑީ ކޮމެޓީގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބަލަހައްޓައި، އަދި އެޗް.އާރ.އެމް.ޑީ ކޮމެޓީގެ އިދާރީ އެންމެހައި މަސައްކަތްކުރުން.
- މުވައްޒަފުންގެ ހާޒިރީ ގަވާއިދުން ބެލެހެއްޓުން. އަދި ސަލާމާއި ޗުއްޓީގައި ތިއްބަވާ މުވައްޒަފުންގެ މަޢުލޫމާތު ހާޒިރީ ބަލަހައްޓާ ސިސްޓަމަށް ދުވަހުން ދުވަހަށް އެންޓަރކުރުން.
- މުވައްޒަފުން ސަލާމުގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކުރާ ފޯމު ފުރިހަމަކުރުމަށްފަހު މުވައްޒަފުން އެ ފޯމު ހުށަހަޅަންޖެހޭ ވަގުތުގައި ހުށަހެޅުމުން އެ ފޯމު ޗެކްކޮށް، ދުވަހުން ދުވަހަށް މުވައްޒަފުންގެ ޕާސަނަލް ފައިލަށް ލުން. ނުވަތަ މެޑިކަލް ސެޓުފިކެޓު ހުށަހަޅަންޖެހޭ ވަގުތުގައި ހުށަހެޅުމުން އެ ސެޓުފިކެޓު މުވައްޒަފުންގެ ޕާސަނަލް ފައިލަށް ލުން. އަދި މި ފޯމު ގަވާއިދުން ހުށަނާޅާ މުވައްޒަފުންގެ ދުވަހު ހާޒިރީގައި ހާޒިރުނުވާކަމަށް ފާހަގަކުރުން.
- ސިވިލް ސަރވިސް މުވައްޒަފުންނާއި ކައުންސިލަރުންގެ ޗުއްޓީގެ ރެކޯޑު ބެލެހެއްޓުމާއި، ޗުއްޓީ ނަންގަވާ މުވައްޒަފުންނަށް ނުވަތަ ކައުންސިލަރުންނަށް ޗުއްޓީ ޗިޓު ތައްޔާރުކޮށް ރައްދުކުރުން.
- މުވައްޒަފުންނަށް ޤާނޫނާއި ގަވާއިދަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ސްޕަވައިޒަރުގެ ލަފާގެމަތިން ރާވައި ހިންގައި އަދި މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރުން.
- މުވައްޒަފުންގެ އެޕްރައިޒަލް ފޯމުތަކާ ގުޅޭގޮތުން ހިއުމަން ރިސޯސް ޔުނިޓުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- ކައުންސިލުގެ އިދާރާއަށް ހޯދަންޖެހޭ މުވައްޒަފުން ހޯދުމަށް އިޢުލާންކުރުމާއި، މުވައްޒަފުން ނެގުމުގައި ޤާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން މަސައްކަތްކުރުމާއި، އެކަމާގުޅޭ އެންމެހައި ލިޔެކިޔުންތައް ބަލައިގަނެ ފިޔަވަޅު އެޅުން.
- ސްޓާފުންގެ މަޢުލޫމާތު ހިމެނޭ ސްޓާފް ފައިލް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ހިއުމަން ރިސޯސް ޔުނިޓުގެ އެންމެހައި މަސައްކަތްތައް ސްޕަވައިޒަރުގެ މަޝްވަރާއާއެކު ކުރުން.
- ކައުންސިލުގެ ބައްދަލުވުންތަކާއި ޖަލްސާތައް އިންތިޒާމުކޮށް އެފަދަ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް ލިޔެ ބެލެހެއްޓުން.
- ރައްޔިތުންގެ ބައްދަލުވުންތަކުގެ އެޖެންޑާ ތައްޔާރުކުރުމާއި، ޔައުމިއްޔާތައް ލިޔެ ބެލެހެއްޓުން.
- ކައުންސިލުގެ އިދާރާގެ އެކިއެކި މީޓީންގތަކުގެ ޔައުމިއްޔާ ނޯޓުކޮށް ލިޔެ ބެލެހެއްޓުން.
- ކައުންސިލަރުންގެ ހާޒިރީ ދުވަހުން ދުވަހަށް ތައްޔާރުކޮށް ބެލެހެއްޓުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ގަވާއިދުން ފޮނުވުން.
- ކައުންސިލް ހިނގިގޮތުގެ ރިޕޯޓާއި، ކައުންސިލުގެ މާލީ ރިޕޯޓް ތައްޔާރުކޮށް، އެރިޕޯޓްތައް ފޮނުވަންޖެހޭ މުއްދަތުގައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- ކައުންސިލް އިދާރާގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުމުގައި އެހީތެރިވެދިނުން.
- އަރުވާލި ފޮނުވާލި މީހުންގެ އަދި ބަންދު މީހުންގެ ރެކޯޑު ބެލެހެއްޓުން.
- ރަށުގައި ރަށްވެހިނުވެ ޢާންމުކޮށް އުޅޭ މީހުންގެ ދަފްތަރެއް އެކުލަވާލައި، އެ ދަފްތަރު އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ވިހާ މަރުވާ އަޕްޑޭޓްކޮށް، ރިޕޯޓް ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- ރަށްވެހިންގެ ރަޖިސްޓަރީއަށް އަންނަ ބަދަލުތައް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- ސެކްޝަނަށް އަންނަ ފޯނުކޯލުތަކަށް ސުޕަވައިޒަރުގެ ލަފާގެ މަތިން ޖަވާބުދިނުން.
- ސެކްޝަނަށް އަންނަ ސިޓީ މެސެޖް ނުވަތަ އެހެނިހެންވެސް ލިޔުންތަކަށް ސްޕަވައިޒަރުގެ ލަފާގެމަތިން ޖަވާބު ތައްޔާރުކޮށް، ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން.
- ސެކްޝަނުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމުގައި ތައްޔާރުކުރަންޖެހޭ ލިޔުންތައް ތައްޔާރުކުރުމާއި، ލިޔުންތަކުގައި ސޮއިކޮށް، ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން.
- ސެކްޝަނުން ފައިލްކުރަންޖެހޭ ހުރިހާ ލިޔެކިޔުންތައް ދުވަހުން ދުވަހަށް ފައިލްކޮށް، ފައިލިންގ ސިސްޓަމް ގަވާއިދުން ބެލެހެއްޓުމާއި، އަދި ފައިލިންގ ސިސްޓަމުން ހޯދަންޖެހޭ ލިޔެކިޔުންތައް ބޭނުންވެއްޖެ ހިނދެއްގައި އެ ލިޔުމެއް ފަސޭހަކަމާއެކު ހޯދައިދިނުން.
- ކައުންސިލް އިދާރާގެ ފަރާތުން ފާހަގަކުރާ އެކިއެކި މުނާސަބަތުތަކާ ގުޅިގެން ހިންގާ ޙަރަކާތްތައް ހިންގުމުގައި އެހީތެރިވެދިނުން.
- ކައުންސިލުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
- ޚާއްޞަ ޙާލަތާ ގުޅިގެންނާއި، އިޖުތިމާޢީގޮތުން ކައުންސިލުން ކުރަންޖެހޭ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުން.
- ހަމަޖެހިފައިވާ އުސޫލުން ކައުންސިލުގެ އިދާރާ ހުޅުވައި ލެއްޕުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ސިވިލް ސަރވިސް ކޮމިޝަނުން 1 އެޕްރީލް 2013 ގައި ޢަމަލު ކުރައްވަން ފަށްޓަވާފައިވާ "ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ މިންގަނޑުތަކާއި އުސޫލު" ތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެ މަތިން |
އިންޓަވިއު އޮންނާނެ ތަނާއި، ތާރީޚު: |
މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑިއެއް ފަހުން ލިޔުމުން އަންގާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ތިރީގައި ބަޔާން ކުރެވިފައިވާ ތަކެއްޗާއެކު 2016 ޑިސެންބަރު 20 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. |
އުޖޫރައާއި އިނާޔަތްތައް: |
ސިވިލް ސަރވިސް ގަވާއިދު 2014 ގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ބަންދުދުވަހުގެ ފައިސާ ލިބޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފޯމު ހއ. ހޯރަފުށީ ކައުންސިލުގެ އިދާރާގެ ކައުންޓަރުންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެ) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުން ދޭ ލިޔުން. 3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގަމުންގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. (ރ) ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ލިޔުމުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަވަންވާނެއެވެ.) 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަވަންވާނެއެވެ.) 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500012 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
2 ރަބީޢުލްއައްވަލް 1438