މަސައްކަތް
ނަންބަރު: GS-108/MIS/2016/23
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:25
ސުންގަޑި: 14 ޑިސެންބަރު 2016 08:15
ފީވަކު ސްކޫލް
ދިވެހިރާއްޖެ
ކްލާސްރޫމް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ކްލާސްރޫމް ޢިމާރާތްކުރުމާބެހޭ

މި ސްކޫލުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށްޓަކައި 2 ކްލާސްރޫމް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި ސްކޫލުގެ ނަންބަރު: GS-108/MIS/2016/16 އިޢުލާން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނަންބަރު: (MSG)22-G/GS-108/2016/12 މެސެޖުން ބާޠިލުކޮށްފައިވާތީ، އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 14 ވާ ބުދަދުވަހުގެ 8:15 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 20 ވާ އަންގާރަދުވަހުގެ 8:15 އަށް މިސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

- މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނެތް ވާހަކަ ދަންނަވަމެވެ.

- ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

9 ރަބީޢުލްއައްވަލް 1438

08 ޑިސެންބަރު 2016