މަސައްކަތް
ނަންބަރު: GS121/IUL/2016/22
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:07
ސުންގަޑި: 20 ޑިސެންބަރު 2016 11:00
ރަސްގެތީމް ސްކޫލް
ދިވެހިރާއްޖެ
ކަރަންޓް، ތްރީފޭސްކަރަންޓަށް ބަދަލުކޮށްދޭނެ ފަރަތެއް ހޯދުމަށް

އިޢުލާން

ކަރަންޓް، ތްރީފޭސްކަރަންޓަށް ބަދަލުކުރުން

މި ސްކޫލުގެ ކަރަންޓް، ތްރީފޭސްކަރަންޓަށް ބަދަލުކޮށްދޭނެ ފަރަތެއް ހޯދުމަށް ކުރި މި ސްކޫލުގެ ނަންބަރު GS121/IUL/2016/16 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މައުލޫމާތު ސާފުކޮށްފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކޮށްފައިވާ ވާހަކަ ދަންނަވަމެވެ.

މި ސްކޫލުގެ ކަރަންޓް، ތްރީފޭސްކަރަންޓަށް ބަދަލުކުރުމަށްޓަކައި، މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ގަޑިތަކަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

2016 ޑިސެންބަރު 20 ވާ އަންގާރަދުވަހުގެ 11:00 އަށް

މަޢުލޫމާތު ދިނުން

2016 ޑިސެންބަރު 27 ވާ އަންގާރަދުވަހުގެ 11:00 އަށް

އަންދާސީހިސާބު ހުށަހެޅުން

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ މި ސްކޫލުގައެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން އެނގޭނެ ސިޓީއެއް، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮން ކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ރަސްމީ ސިޓީއަކާއެކު، ބަދަލުގައި ފޮނުއްވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ.

އަދި މިކަމަށް އެދި ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. 

މި މަސައްކަތަށް އެދި ހުށަހަޅުއްވާ ޕްރޮޕޯޒަލް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. ސިޓީއުރައިގެ ބޭރުގައި "ކަރަންޓް، ތްރީފޭސްކަރަންޓަށް ބަދަލުކުރުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި، ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯން ނަންބަރު ސިޓީއުރައިގެ ބޭރުގައި ލިޔުއްވާފައި އޮންނަންވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ޑިސެންބަރު 2016