ދިވެހިރާއްޖެ
އިޢުލާން
އިސްވެރިޔާ ހުންނެވުމަށްޓަކައި ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ.
މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށްޓަކައި ގެއެއް ކުއްޔަށް ހިފުމަށް ކުރެވުނު ނަންބަރު (IUL) GS118/2016/50 (28 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
1 ޖަނަވަރީ 2017 އިން ފެށިގެން 31 ޑިސެންބަރު 2017 އަށް މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށްޓަކައި ގެއެއް ކުއްޔަށް ދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، ގެ ކުއްޔަށް ދެއްވަން ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 13 ވާ އަންގާރަދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން ކުއްޔަށް ދެއްވާނެ އަގު އެނގޭނެހެން ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހަޅުއްވާއިރު، ގޯއްޗާއި ގޭގެ ފްލޯޗާޓް އަދި އިންވެންޓްރީ ލިސްޓު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ސިޓީ ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.
ކުއްޔަށް ދޫކުރާ ގޭގައި މި ދަންނަވާ ފަސޭހަތައް ލިބެން ހުންނަންވާނެއެވެ.
- ގޭގެ ދިއްލުންތަކާއި ފަންކާ އަދި ފެން ނަގާ ޕަމްޕު ފަދަ އަސާސީ އިލެކްޓްރިކު ފިޓިންގްސްއާއި މި ދެންނެވުނުފަދަ އަސާސީ އެންމެހައި ތަކެތި.
- ފެން ނަގާ ވަޅާއި، ބޯފެން ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވުން. އަދި ފެންވަރާ ފެނުގައި އެއްވެސް ބާވަތެއްގެ ތަޣައްޔަރުކަމެއް ހުރިނަމަ، އެކަން ހުންނަންވާނީ ޙައްލުވެފައެވެ.
- ދޮވެ އިސްތިރިކުރުމަށް ބޭނުންވާ ފަސޭހަތައް.
- ހުސްވަގުތު އިށީނދެ ތިބުމަށާއި، ލިޔެކިޔުމުގެ ކަންކަންތައްތައް ކޮށް އުޅުމަށް ބޭނުންވާ ސާމާނު.
- ދަތިނުވެ 2 މީހަކަށް ނިދައި އުޅެވޭނެ ފަރުނީޗަރާއި އެހެނިހެން ސާމާނު.
- މަދުވެގެން 1 ކޮޓަރި އެއަރކޯން ކޮށްފައިހުރުން.
- ސްކޫލާ ކައިރި އަދި ފަސޭހައިން، އިތުރު ބަޔަކާ އެއްނުވާގޮތަށް ވަދެނިކުމެވޭގޮތަށް ހުރުން.
- ރަށުގެ ޢާންމު ދިރިއުޅުމުގައި ޢާންމުކޮށް މުނިފޫހިފިލުވުމަށް މިޒަމާނުގައި ބޭނުންކޮށްއުޅޭ ކޭބަލް ޓީ.ވީ ފަދަ ފަސޭހަތައް.
މި ދެންނެވި ޚިދުމަތްތައް ކުއްޔަށް ހިފާ ފަރާތުން ދައްކަންޖެހޭ އެއްވެސް އުޖޫރައެއްނެތި އެ ޚިދުމަތް ލިބެން ހުންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ، ރަސްމީ ބަންދުދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 14:00 އަށް 6560570 / 6561807 ނަންބަރު ފޯނަށެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
9 ރަބީޢުލްއައްވަލް 1438