މަސައްކަތް
ނަންބަރު: (IUL)23-AP/23/2016/124
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:53
ސުންގަޑި: 18 ޑިސެންބަރު 2016 09:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިމިނިސްޓްރީގެ ދަށުން ހިންގަމުންދާ ދަމަނަވެށްޓާއި، އެމް.ބީ.އެސްގައި ބެހެއްޓިފައިވާ ޕީ.އޭ.ބީ.އެކްސް ސިސްޓަމް މެއިންޓެނަންސް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

އިޢުލާން

މިމިނިސްޓްރީގެ ދަށުން ހިންގަމުންދާ ދަމަނަވެށްޓާއި، އެމް.ބީ.އެސްގައި ބެހެއްޓިފައިވާ ޕީ.އޭ.ބީ.އެކްސް ސިސްޓަމް މެއިންޓެނަންސް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)23-AP/23/2016/120 (28 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ތިން ފަރާތުން ވަޑައިގެންފައި ނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލީމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 18 ވާ އާދީއްތަ ދުވަހުގެ ހެނދުނު 09:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 22 ވާ ބުރާސްފަތި ދުވަހު ހެނދުނު 09:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

07 ޑިސެންބަރު 2016