ކުއްޔަށް ދިނުން
ނަންބަރު: (IUL)257/257/2016/87
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:49
ސުންގަޑި: 13 ޑިސެންބަރު 2016 13:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބާރަށު މަކްތަބުލް އަޙަދިއްޔާ ކުއްޔަށް ދޫކުރުމާ ގުުޅޭ

މި އިދާރާގެ ބެލުމުގެ ދަށުގައިވާ ހއ.ބާރަށު ''މަކްތަބުލް އަޙަދިއްޔާ'' 15 އަހަރުދުވަހުގެ މުއްދަތަށް، ކޮމިއުނިޓީ ގެސްޓްހައުސް، ހޮޓާ ކެފޭ އަދި ރެސްޓޯރެންޓް ހިންގުން ފަދަ ބޭނުންތަކަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާނީ މި އިދާރާއިން ވިއްކާ ބިޑްފޮތުގައެވެ. ބިޑްފޮތް 2016 ޑިސެންބަރު 4 ވާ އާދީއްތަދުވަހުން ފެށިގެން 2016 ޑިސެންބަރު 13 ވާ އަންގާރަދުވަހުގެ ނިޔަލަށް، ބަންދުދުވަސްތައް ފިޔަވައި ރަސްމީދުވަސްތަކުގެ 09:00 އިން 13:00 އަށް މި އިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. އަދި ބިޑް ހުށަހެޅުމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ގޮތުން ބާއްވާ ޕްރީ-ބިޑް މީޓިންގ 2016 ޑިސެންބަރު 14 ވާ ބުދަދުވަހުގެ 13:00 ގައި މިި އިދާރާގައި އޮންނާނެއެވެ. ޕްރީ-ބިޑް މީޓިންގގައި ބައިވެރިވެވޭނީ ބިޑްފޮތް ގަނެފައިވާ ފަރާތްތަކަށެވެ. ބިޑްފޮތެއް ވިއްކާ އަގަކީ -/100 ރުފިޔާއެވެ.

ބިޑް ހުށަހަޅާނީ 2016 ޑިސެންބަރު 19 ވާ ހޯމަދުވަހުގެ 13:00 އަށް މި އިދާރާއަށެވެ. ޕްރީ-ބިޑް މީޓިންގއަށް ހާޒިރުވާންވާނީ ބިޑްފޮތުގެ އަސްލު ހިފައިގެންނެވެ. އަދި ކޮންމެ މީހަކަށްވެސް ހަވާލާދީ ބައިވެރިވެވޭނީ 1 ބިޑްފޮތަށެވެ. އެގޮތުން ޕްރީ-ބިޑް މީޓިންގގައި ބައިވެރިވުމަށާއި، ބިޑް ހުށަހެޅުމަށް ބިޑް ހުށަހަޅާ ފަރާތް ނޫން އެހެން ފަރާތެއް ބަދަލުގައި ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޒިރުވުން އެދެމެވެ. އަދި ޕްރީ-ބިޑް މީޓިންގގައި ބައިވެރިނުވާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އަދި މި އިދާރާއިން ނެރުނު ނަންބަރު (IUL)257/257/2016/81 (27 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން މަޢުލޫމާތު ދިނުމަށް ބޭއްވުނު ޕްރީ-ބިޑް މީޓިންގގައި އެކަށީގެންވާ އަދަދަކަށް ބައިވެރިވެފައިނުވާތީ، އެ އިޢުލާން ވަނީ ބާޠިލުކުރެވިފައެވެ. އަދި މި އިދާރާއިން ނެރުނު ނަންބަރު (IUL)257/257/2016/86 (20 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑްފޮތް ގަނެ މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އެ އިޢުލާންވެސް ވަނީ ބާޠިލުކުރެވިފައެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

2 ރަބީޢުލްއައްވަލް 1438

01 ޑިސެންބަރު 2016