މަސައްކަތް
ނަންބަރު: (IUL)167-PR/1/2016/74
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:33
ސުންގަޑި: 15 ޑިސެންބަރު 2016 14:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
މާފުށީ ޖަލުގެ އިދާރީ އޮފީސް އިމާރާތްކުރާނެ ފަރާތެއް ހޯދުމަށް

އިޢުލާން

މާފުށީޖަލުގެ އިދާރީ އޮފީސް އިމާރަތްކުރާނެ ފަރާތެއް ހޯދުމަށް:

މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ މާފުށީ ޖަލުގައި އިދާރީ އޮފީހެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)167-PR/1/2016/67 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުގައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

15 ޑިސެންބަރު 2016

ބުރާސްފަތި

14:00

އަންދާސީހިސާބު ހުށަހެޅުން

22 ޑިސެންބަރު 2016

ބުރާސްފަތި

14:00

07 ރަބީޢުލްއައްވަލް 1438

08 ޑިސެންބަރު 2016